ޚަބަރު

އަދީބަށް ކުރާ ދައުވާއެއްގެ ޝަރީއަތް މާދަމާ ފަށަނީ

ދެން އެމްވީ ، ދެން އޮންލައިން

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބަށް ކުރާ ދައުވާއެއް ޝަރީއަތް މާދަމާ ފަށަން ހަމަޖައްސައިފި އެވެ.

Ads by MWSC

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން އަދީބަށް ވަނީ ދައުލަތުން ހަތް ދައުވާއެއްކޮށްފައެވެ. އެ ހަތް ދައުވާއަކީ ވެސް އެމްއެމްޕީއާރްސީގެ ތެރެއިން 2014 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރުގެ ނިޔަލަށް ހިންގި ކޮރަޕްޝަނާއި މަނީ ލޯންޑްރިން މައްސަލައާ ގުޅިގެން އުފުލި ދައުވާތަކެކެވެ.

އެގޮތުން އޭގެ ތެރެއިން ހިޔާނާތްތެރިވުމުގައި ބައިވެރިވުމުގެ ދައުވާއެއްގެ ޝަރީއަތް މާދަމާ ފަށަން ކްރިމިނަލް ކޯޓުން ވަނީ ހަމަޖައްސައިފަ އެވެ.

ކްރިމިނަލް ކޯޓުން ވަނީ އެ މައްސަލަތަކުގެ ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބަހައްޓަން ކުރިން އަމުރުކޮށްފަ އެވެ.

އަދީބުގެ މައްޗަށް ތަފާތު ތިން މައްސަލައެއްގައި ކުރިން 33 އަހަރުގެ ޖަލު ހުކުމެއް އިއްވިޔަސް، ފަހުން މަތީ ކޯޓުތަކުން ވަނީ އެ ހުކުމް ބާތިލްކޮށްފަ އެވެ. އެކަމަކު އޭނާއާ ދެކޮޅަށް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި މައްސަލައެއްގައި އޭނާގެ ޕާސްޕޯޓް ހިފަހައްޓަން އަމުރެއް ނެރެފައި ވަނިކޮށް ބޯޓެއްގައި ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަޑައިގަންނަވަން އުޅުނު މައްސަލާގައި ތިން މަހުގެ ޖަލު ހުކުމެއް އޭނާއަށް އިއްވި އެވެ. އެ ހުކުމް މިހާރު ވަނީ ތަންފީޒުކޮށް، ނިމިފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!