50 ޓަނުގެ ޑީސަލް އަރުވައިގެން ދިޔަ ދޯންޏެއް ފަރަށް އަރައިފި

50 ޓަނުގެ ޑީސަލް ބަރުކޮށްގެން ދަތުރު ކުރަމުން ދިޔަ ދޯންޏެއް ށ،އަތޮޅުގެ ފަރަކަށް އަރައިފިއެވެ.
މާލެއިން، ހއ އަތޮޅަށް ދަތުރު ކުރަމުންދި ޔަ "ސްނޯ" ނަމަކަށް ކިޔާ މި ދޯނި އަރާފައި ވަނީ ށ. ކީކިމިނި ކައިރިން، ބޮލިސްތާ ފަރަށް ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.
މިހާދިސާގެ ރިޕޯޓް ލިބިފައި ވަނީ ރޭ ދަންވަރު 03:09 ކަންހާއިރު ކަމަށާއި އެ ސަރަހައްދުގައި މިހާރު ސިފައިން ހަރަކާތްތެރިވަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފް އިން ވަނީ ވިދާޅުވެފައެވެ.
ދޯނި ފަރަށް އެރި އިރު، ދޯނީގައި ތިބީ ދެ ބިދޭސީންނާއި ދިވެއްސެކެވެ.
އެމްއެންޑީއެފްއިން އިތުރަށް ވިދާޅުވީ ޑީސަލް ހުރީ ފީފާތަކުގައި ކަމަށާއި މިހާތަނަށް އެއްވެސް ވަރަކަށް ޑީސަލް، ކަނޑަށް އެޅިފައި ނުވާ ކަމަށެވެ.