ޚަބަރު

ހިޔާގައި އުޅޭ ކުއްޖަކަށް ކުރިމަތިވަމުންދާ ފުރައްސާރައިގެ ވާހަކަ ވީޑިއޯއަކުން!

ދެން އެމްވީ ، ދެން އޮންލައިން

ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި އުޅޭ ކަމަށް ބުނާ ކުޑަ އަންހެން ކުއްޖަކު އެ ތަނުގައި އޭނާއަށް ކުރިމަތިވާ ފުރައްސާރަތައް ކިޔައިދޭ ވީޑިއޯއެއް އާންމުވެއްޖެ އެވެ.

Ads by STELCO

ސޯޝަލް މީޑިއާގައި އާންމު ކޮށްފައިވާ ވީޑިއޯއިން އެ ކުއްޖާގެ މޫނެއް ނުފެނެ އެވެ. ނަމަވެސް ގިސްލަމުން އެ ކުއްޖާ، އެހެން ކުއްޖަކަށް ކިޔައިދޭ ވާހަކަތައް އަޑުވި އެވެ. ފަހަތުގައި އެހެން ކުދިންތަކެއް ކުޅޭ މަންޒަރު ވެސް ފެނެ އެވެ. ބެލެވޭ ގޮތުގައި އެއީ ހިޔާގެ ތެރެ އެވެ.

އެ ކުއްޖާ ބުނާގޮތުގައި، އެތަނުން ބަނޑުފުރޭވަރަށް ކާންވެސް ނުދެއެވެ. އަދި ބަނޑުފުރޭވަރަށް ކާން ދެނީ ވަރަށް މަދުންނެވެ.

އަދި އެތަނުގައި އުޅޭ ކުދިން އޭނާއާ ދިމާލަށް ބަލައިގެން ތިބޭ ކަމަށާއި، އަދި ފިރިހެން ކުދިން އަނގައިގެން އެއްޗެހި ކިޔާ ކަމަށް އެ ކުއްޖާ ބުނެފައި ވެއެވެ. އެކަމުގެ ޝަކުވާ ކުރިޔަސް އެއްވެސް އަޅާލުމެއް އަދި ފިޔަވަޅެއް ނާޅާ ކަމަށް ގިސްލަމުން އެ ކުއްޖާ ކިޔާދެއެވެ.

މި ވީޑިއޯ އާންމުވެފައި މިވަނީ ކުޑަކުދިންނަށް ކުރާ ޖިންސީ އަނިޔާގެ މައްސަލަތަކާ ގުޅިގެން ގައުމު ހޫނުވެފައި ވަނިކޮށެވެ.

ކުޑަކުދިންގެ ހިޔާގައި ކުދިންނަށް އެންމެ ރަނގަޅު އަޅާނުލުން ނުލިބޭ ކަމާއި އިހުމާލުވާ ކަމުގެ އަޑުތައް ކުރިން ވެސް ފެތުރެ އެވެ. ބައެއް ކުދިން އެ ތަނުން ފިލައިގެން ދާ މައްސަލަތައް ވެސް ފެންމަތިވެ އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!