މުނިފޫހިފިލުވުން

ބްރެޑް އާއި ޖެނިފާގެ "ލޯބި" ފޮޓޯތައް އިންޓަނެޓުގައި ވައިރަލްވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ބްރެޑް ޕިޓް އާއި ޖެނިފާ އެނިސްޓަންގެ ރީޔޫނިއަން ފޮޓޯތައް އިންޓަނެޓުގައި ބޮޑު މަގުބޫލުކަމެއް ހޯދައިފިއެވެ.

Ads by STELCO

މީގެ ކުރިން 2000 އިން ފެށިގެން 2005 އަށް ކައިވެނީގެ ގޮތުން ގުޅިގެން އުޅުނު ދެ ތަރިން ކަމަށްވާ ޖެނިފާ އާއި ބްރެޑް ވެސް ވަނީ 26 ވަނަ ސްކްރީން އެކްޓާސް ގިލްޑް އެވޯޑްސް (ސެގް އެވޯޑްސް)ގައި އެވޯޑު ހޯދައިފައެވެ.

އެތައް ބައެއްގެ ބޮޑު މަގުބޫލުކަމެއް ހޯދި ސީރީޒް "ފްރެންޑްސް" އިން ވިދާލި އުމުރުން 50 އަހަރުގެ ޖެނިފާ ވަނީ ސެގް އެވޯޑްސްގައި ޑްރާމާ ސީރީސްގެ އެންމެ މޮޅު އެކްސްޓްރެސްގެ އެވޯޑު ހޯދައިފައެވެ. ޖެނިފާއަށް އެ އެވޯޑު ލިބުނީ ސީރީޒް "ދަ މޯނިންގް ޝޯވ" އަށެވެ.

ސެގް އެވޯޑްސްގައި އުމުރުން 56 އަހަރުގެ ބްރެޑް ވަނީ އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ އެވޯޑު ހޯދައިފައެވެ. ބްރެޑްއަށް އެ އެވޯޑު ލިބުނީ "ވަންސް އަޕޯން އަ ޓައިމް އިން ހޮލީވުޑް"ގައި އަދާކުރި ރޯލަށެވެ.

ބްރެޑް ޕިޓް އާއި ޖެނިފާ އެނިސްޓަން، ސެގް އެވޯޑްސްގައި -- ފޮޓޯ: ގެޓީ އިމޭޖަސް

ސެގް އެވޯޑްސްގައި ހޯދި އެވޯޑުތަކަށްފަހު ބްރެޑް އާއި ޖެނިފާ ވަނީ ބެކް ސްޓޭޖުގައި ބައްދަލުކޮށްފައެވެ. އެ ފޮޓޯތައް ދަނީ އިންޓަނެޓުގައި ވައިރަލްވަމުންނެވެ. ގިނަ ބަޔަކު ސިފަކުރާ ގޮތުގައި އެ ފޮޓޯތަކަކީ އަހަރުގެ އެންމެ "ލޯބި" ފޮޓޯތަކެވެ.

ޖެނިފާ އެވޯޑާ ހަވާލުވުމަށްފަހު އޭނާ ސްޓޭޖުގައި ދެއްކި ވާހަކަ ވެސް ބްރެޑް ވަނީ ބެކް ސްޓޭޖުގެ ސްކްރީނުން ބަލައިފައެވެ. ޝައުގުވެރިކަމާއެކު ޖެނިފާގެ އެ ވާހަކަތައް ބެލުމަށް ސްކްރީންގެ ކުރިމަތީގައި ހުއްޓިގެން ހުންނަ ވީޑިއޯތައް އިންޓަނެޓުގައި ދަނީ ވައިރަލްވަމުންނެވެ.

ޖެނިފާއާ 2005 ވަނަ އަހަރު ވަރިވުމަށްފަހު ބްރެޑް ފެނިފައިވަނީ ހޮލީވުޑްގެ މަޝްހޫރު ތަރި އެންޖޮލީނާ ޖޯލީއާއެކުގައެވެ. ބްރެޑް އާއި އެންޖެލީނާ ޖޯލީ 2014 ވަނަ އަހަރު ކައިވެނިކުރުމަށްފަހު ވަކިވެފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. އެ ދެ ތަރިންގެ ހަ ދަރިންގެ ތެރެއިން ދޮށީ ދެ ދަރިންނަކީ އެޑޮޕްޓްކުރި ދެ ކުދިންނެވެ. އަދި އެ ދެ ތަރިންގެ އެންމެ ހަގު ދެ ދަރިންނަކީ އެއްމާބަނޑު ދެބެއިންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!