ދުނިޔެ

އުޒްބަކިސްތާނަށް ގޮސް ކޮވިޑް ޖެހޭ މީހުންނަށް އެޤައުމުން 3000 ޑޮލަރު ދެނީ

ދެން އެމްވީ ، ދެން އޮންލައިން

މުޅި ދުނިޔެއަށް މިހާރު ފެތުރެމުން އަންނަ ނުރައްކާތެރި ކޮރޯނާ ވައިރަހުގެ ބަލިމަޑުކަމުން އެހެން އެންމެން ސަލާމަތްވެ، އެބައްޔާއި ވީހާވެސް ދުރުގައި ހުރުމަށް މަސައްކަތް ކުރާއިރު، އުޒްބަކިސްތާނުގެ ސަރުކާރުން ނިންމާފައިވަނީ އެޤައުމަށް ގޮސް މިބަލި ޖެހޭ ކޮންމެ މީހަކަށް 3000 އެމެރިކާ ޑޮލަރު ދިނުމަށެވެ.

Ads by WAMCO

"ވައިސް ޔޫއެސް" ގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި އެޤަުމުގެ ސަރުކާރުން އެފައިސާ ދޭން ނިންމާފައިވާއިރު، އޭގައި އެހެން ކަމެއް ވެސް އުޅެއެވެ.

އެގޮތުން ކޮވިޑް-19 އަށް ފައްސިވާ މީހުންނަށް ބޭސްކުރުމަށް ބިލަށް އަރަނީ ވެސް އެއަދަދުކަން ރިޕޯޓު ތަކުން ހާމަވެފައިވެއެވެ.

އިނގިރޭސިވިލާތުގުައި ހުންނަ އުޒްބަކިސްތާނުގެ އެމްބެސަޑަރ ސޯފީ އިބޮޓްސަން ބުނެފައިވަނީ މިއީ ފަތުރުވެރިންނަށް އެޤައުމަށް ޒިޔާރަތް ކުރެވޭނެކަން އެންގުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމެއް ކަމަށެވެ.

"ރައީސް ބޭނުންވަނީ ބަލި ވެއްޖިއްޔާ ފައިސާގެ އެހީ ދޭނެ ކަމަށް ބުނެގެން ވިޔަސް، ޤައުމަށް ފަތުރުވެރިން ދާން. އުޒްބަކިސްތާނުގައި ބަލީގެ ނުރައްކަލެއް އެވަރަށް ނެތްކަން އަންގަން. ޗުއްޓީ ހޭދަ ކޮށްލަން އުޒްބަކިސްތާނަށް ގޮސް ހުއްޓާ ކޮވިޑް ޖެހިއްޖެނަމަ އަހަރުމެން އެފައިސާ ދޭނަން" ސޯފީ ބުންޏެވެ.

އުޒްބަކިސްތާނުގެ ރައީސް ޝައުކަތު މިތްޒިޔޯޔޭވް ވަނީ މިދިޔަ ހަފްތާގައި "ސޭފް ޓްރެވެލް ގެރެންޓީޑް" ގެ ނަމުން ކެމްޕޭނެއް ވެސް ފައްޓަވާފައެވެ. މިއީ އެޤަުމުގެ ފަތުރުވެރިން އާލާ ކުރުމަށް ފެއްޓެވި ކެމްޕޭނެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!