ދުނިޔެ

މާތް ރަސްކަލާނގެ ކުޅަދުންވަންތަކަން! ކޮވިޑް އަށް ފައްސިވީ 107 އަހަރުގެ ސައުދީ މީހަކު ބަލިން ރަނގަޅުވެއްޖެ!

ދެން އެމްވީ ، ދެން އޮންލައިން

ދުބާއީ: ކޮވިޑް-19 އަށް ފައްސިވީ އުމުރުން 107 އަހަރުގެ ސައުދީ އަންހެނަކު، ފަރުވާލިބި އެބަލިން މުޅިން އެއްކޮށް ރަނގަޅު ވެއްޖެއެވެ. ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި އެއަންހެން މީހާއަށް ފަރުވާ ކޮށްފައިވަނީ ޖިއްދާގެ ހޮސްޕިޓަލެއްގައެވެ.

Ads by WAMCO

"އަލް އަރަބިއްޔާ" ގައި އިއްޔެ ރިޕޯޓު ކޮށްފައިވާ ގޮތުގައި އުމުރުން ދުވަސްވީ އެއަންހެން މީހާ ޖިއްދާގެ އެހޮސްޕިޓަލަށް އެންމެ ފުރަތަމަ ގެންދެވުނު އިރު އޭނާގެ ހާލު ވަރަށް ދެރައެވެ.

އީސްޓް ޖިއްދާ ހޮސްޕިޓަލުުގެ އެގްޒަކެޓިވް ޑިރެކްޓަރ ޑރ. ޚާލިދް އަލް ގާމްދީ ވިދާޅުވެފައިވަނީ އަންހެން މީހާގެ ނޭވާލާ ނިޒާމު އެންމެ ފުރަތަމަ ހުރީ ވަރަށް ބޮޑަށް ބަލިކަށިވެފައި ކަމަށާއި ކުއްލި ފަރުވާ ދޭ ޑިޕާޓްމަންޓަށް ވަގުތުން އެއަންހެން މީހާ ގެންދިޔަ ކަމަށެވެ.

މީގެ އިތުރުން ޑރ. ޚާލިދް ވިދާޅުވެފައިވަނީ އެއަންހެން މީހާއަށް ފަރުވާ ކުރީ ޑޮކްޓަރުންގެ ޓީމެއް ކަމަށެވެ. އެޓީމުގައި ހިމެނެނީ އެތެރެހަށީގެ ދެ ޑޮކްޓަރުން ކަމަށްވާ ޑރ. ރޫބާ ހިންދީ އާއި ޑރ. ބަދޫރް އަލް-އޮތައިބީ އެވެ.

އުމުރުން 107 އަހަރުގެ އެއަންހެން މީހާއަށް ހުރީ ވަރަށް ގަދަޔަށް ނިއުމޯނިއާ ޖެހިފައި ކަމަށާއި ނޭވާލާން ދަތިވުމުގެ ސަބަބުން އޭނާ އެނދުމަތި ކުރިތާ ހަތަރު ދުވަސް ތެރޭ ވެންޓިލޭޓަރަށްލީ ކަމަށް ވެސް ރިޕޯޓު ތަކުން ބުނެއެވެ.

އޭގެ ފަހުން އޭނާ އައިސީޔޫ އަށް ވެސް ލިކަމަށާއި އެޤައުމުގެ މިނިސްޓްރީ އޮފް ހެލްތުން ދީފައިވާ އިރުޝާދުތަކާއި އެއްގޮށް ފަރުވާ ދެމުން ދިޔަ ކަމަށް ޑރ. ޚާލިދް ވިދާޅުވެފައިވެއެވެ.

އުމުރުން އެހާ ދުވަސް ވެފައިވުމުންނާއި ހާލަތު އެހާ ގޯސްވެފައިވުމުން، ޑޮކްޓަރުންނާއި އެއަންހެން މީހާގެ ގާތް މީހުން ވެސް ހުރީ އޭނާ ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު ދޫކޮށްލައިގެންނެވެ. ނަމަވެސް އެނދުމަތި ކުރެވި ފަރުވާ ދޭން ފެށިތާ ހަފްތާއެއްގެ ތެރޭ އެއަންހެން މީހާ ވަނީ މިބަލިން އެއްކޮށް ރަނގަޅުވެފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!