ހުޅުމާލެއިން ބަނގުރާ ފުޅިތަކަކާއެކު ދެ މީހަކު ހައްޔަރުކޮށްފި
ހުޅުމާލެއިން ބަނގުރާ ފުޅި ތަކަކާއެކު ދެ މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ މީހަކާއި 31 އަހަރުގެ މީހެކެވެ. މި ދެ މީހުންނަކީވެސް ބަނގްލަދޭޝް ފިރިހެނުންނެވެ.
ފުލުހުން ބުނީ މި ދެ މީހުން ހައްޔަރުކޮށްފައިވަނީ އެ މީހުންގެ އަމަލުތައް ހުރިގޮތުން ތުހުމަތުކުރެވިގެން ހުއްޓުވައި ބަލައިފާސްކުރިއިރު، އެމީހުން ގެންގުޅުނު ދެ ދަބަހެއްގެ ތެރެއިން 20 ފުޅި ބަނގުރާ ފެނުމާ ގުޅިގެން ކަމަށެވެ.
މި މައްސަލަ ހުޅުމާލެ ޕޮލިސް ސްޓޭޝަނުންދަނީ ތަހުގީގު ކުރަމުންނެވެ.
Ads by Allied Insurance