ވެލިދޫ ކުނިކޮށީގައި ރޯވި އަލިފާންގަނޑު ނިއްވާލަައިފި
ނ. ވެލިދޫ ކުނިކޮށީގައި ރޭ އަލިފާނުގެ ހާދިސާއެއް ހިނގައި ރޯވި އަލިފާންގަނޑު ނިއްވާލައިފިއެވެ.
ފުލުހުން ބުނީ ވެލިދޫ ކުނި ކޮށީގައި އަލިފާން ރޯވެފައިވާ ކަމަށް ރިޕޯޓުކޮށްފައި ވަނީ ރޭ ދަންވަރު 2:15 ހާއިރު ކަމަށެވެ.
އަލިފާންގަނޑު ނިއްވާލުމަށް ފުލުހުންނާއި ރަށު ރައްޔިތުން ކުރި ބުރަ މަސައްކަތުން އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައިވާ ކަމަށްވެސް ފުލުހުން ބުނެއެވެ.
އަދި އެ ހާދިސާއާ ގުޅިގެން ބަލަން ޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
Ads by Allied Insurance