Wednesday, 28 October 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

އޭސީސީގެ މަސައްކަތަށް ސަރުކާރުން ނުފޫޒެއް ނުފޯރުވާނެ: ރައީސް

އެންޓި ކަރަޕްޝަން ކަމިޝަން (އޭސީސީ)ން ބަލަމުންދާ އެއްވެސް މައްސަލައެއްގެ ތެރެއަށް ސަރުކާރުވެސް އަދި ސަރުކާރުގެ އެއްވެސް މުވައްސަސާއެއްގެ ވެރިއެއްގެ ނުފޫޒު ނޯންނާނެކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެެއްޖެއެވެ.

އޭސީސީގެ ވެރިންނާއި އެކު އިއްޔެ ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ކޮމިޝަނުގެ މަސައްކަތަށް ސަރުކާރުން ވެސް އަދި ސަރުކާރުގެ އެއްވެސް އޮފިޝަލަކު ވިޔަސް ނުފޫޒު ފޯރުވުމަށް އެދިވަޑައި ނުގަންނަވާކަމަށެވެ. އަދި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ކަރަޕްޝަން ހުއްޓުވުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި އޭސީސީގެ މެންބަރުން ވަނީ އެ ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކާ ބެހޭގޮތުންނާއި އެކޮމިޝަނުގެ މަސައްކަތްތައް ކުރިޔަށްގެންދާ ގޮތާ ބެހޭގޮތުން ރައީސް އާއި މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ.

Advertisement
Allied — Dhen Online (box)

އެގޮތުން އެކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގައި ކޮމިޝަނުން އަމަލުކުރަމުންދާ ޢާންމު އުސޫލުތަކާއި މަޝްރޫއެއްގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓާލުމަށް އަންގާ ޙާލަތްތަކުގައި ކޮމިޝަނުން ގެންގުޅޭ އުސޫލުތަކުގެ މައުލޫމާތު ރައީސާއި ވަނީ ހިއްސާ ކުރައްވާފައެވެ. އަދި ކޮރަޕްޝަނުގެ ޢަމަލުތައް ހުއްޓުވުމަށް ދުރާލާ ފިޔަވަޅު އެޅުމަށް ސަރުކާރުގެ އިދާރާތަކަށް ބާރު އަޅަމުންދާ ކަމަށް ކޮމިޝަނުން ވަނީ ބުނެފައެވެ.

އޭސީސީގެ ވެރިންނާއި އެކު މިފަދަ ބައްދަލުވުމެއް ރައީސް ސޯލިހު ބޭއްވި އިރު ދާދި ފަހުން ރައީސް ވަނީ އޭސީސީން ތަރައްޤީގެ މަޝްރޫއު ހުއްޓުވާ އުސޫލަށް ބަދަލު ގެނަން ޖެހޭ ކަމަށް ވިދާޅުވެއެވެ. ރައީސް ވިދާޅުވީ ތަރައްޤީއަށްޓަކައި ހިންގޭ ބައެއް މަޝްރޫއުގެ މައްސަލަތައް ބައެއް ފަރާތްތަކުން އޭސީސީއަށް ހުށަހެޅުމުން އެފަދަ މައްސަލަތައް ހުއްޓުވުމަށް ފަހު މަސް ދެމަސް ފަހުން އަލުން މަޝްރޫއު ހިންގުމަށް އޭސީސީން އަންގާފައިވާ ކަމަށެވެ.

މި ސަރުކާރަކީ ކަރަޕްޝަނަށް ޒީރޯ ޓޮލެރެންސް ދޭނެ ކަމަށް ބުނެ އައި ސަރުކާރެއް ނަމަވެސް ބައެއް ބޮޑެތި މަޝްރޫއުތައް ބިޑްކުުރުމަކާއި ނުލައި އެކި ފަރާތްތަކަށް ދޭ މައްސަލަ އަންނަނީ އޭސީސީން ބަލަމުންނެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް