ޚަބަރު

އަދުހަމް، ގާސިމަށް ހަމަލާދިނީ ފޭރެން، މަރާލާކަށް ނޫން: ފުލުހުން

ދެން އެމްވީ ، ދެން އޮންލައިން

ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރުވީ އޭނާގެ އަތުން ފައިސާ ފޭރުމުގެ ގޮތުން ބިރުދެއްކުމަށް އުޅުމުގެ ތެރޭގައި ކަމަށާއި މަރާލުމުގެ ގަސްތުގައި ނޫން ކަމަށް އޭނާގެ ގާތިލް އަދުހަމް މުހައްމަދު އިއުތިރާފްވެފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

Ads by STELCO

ފުލުހުން މިއަދު ބޭއްވީ ޕްރެސް ކޮންފަރެންސްގައި ހާމަކުރި ގޮތުގައި ގާސިމް މަރާލި ކަމަށް އިއުތިރާފްވެފައިވާ އަދުހަމް މުހައްމަދު ގާސިމްއަށް ހަމަލާދިނީ މަރާލުމުގެ ނިޔަތުގައި ނޫން ކަމާއި ފޭރުމުގެ ގޮތުން ގާސިމްއަށް ވަޅިން ބިރު ދެއްކުމުގެ ތެރޭގައި ހިނގި ހާދިސާއެއްގައި ކަމަށް އޭނާ ތަހުގީގަށް ބުނެފައިވާ ކަމަށެވެ.

އެގޮތުން ފުލުހުން ބުނި ގޮތުގައި ބިރު ދެއްކުމުގެ ގޮތުން އަދުހަމް ގާސިމްގެ ކަރުގައި ވަޅި ޖެއްސުމުން ގާސިމް ދެ އަތުން ވަޅީގައި ހިފަހައްޓައި، ދޮރު ހުޅުވައި ހަޅޭއްލަވަން ފެށުމުން، ގާސިމްގެ އަޑު ކަނޑުވާލުމަށް އަދުހަމް ގާސިމްގެ ކަރަށް ވަޅިން ހަމަލާދިނީ އެވެ.

ގާސިމަށް ހަމަލާދިން ވަޅި އާއި ހަމަލާދިން އިރު އަދުހަމް ލައިގެން ހުރި ހެދުން ވެސް ފުލުހުން ވަނީ ހޯދައިފަ އެވެ. އޭނާ އަކީ ކުށުގެ ރެކޯޑު އޮންނަ މީހެއް ކަމަށް ތުހުމަތު ކުރެ އެވެ.

ގާސިމް މަރާލީ ހުޅުމާލޭ ރީތިގަސްމަގުގަ އެވެ. އޭނާ މަރާލީ، މާލޭގައި ދަތުރުކުރުމަށް ފަހު ރަހުމަތްތެރިންނާ އެކު ސައި ހޮޓަލުގައި އިނދެފައި ހުޅުމާލެ ގޮސް އުޅެނިކޮށެވެ. މާލެ އިން ހުޅުމާލެ އަށް އޭނާ ދަތުރުކުރި ޓެކްސީ ވެސް އެ ސަރަހައްދުގައި އޮތެވެ. ޓެކްސީ ތެރޭގައި ވެސް ލޭ ހުރުމުން، އެއް ބަޔަކު ލަފާކުރަނީ ފުރަތަމަ ހަމަލާދޭން ފެށީ އޭގެ ތެރޭގައި ކަަމަށެވެ. އެކަމަކު އޭނާ ފެނުނީ، ބަންޑުން ބިންމައްޗަށް ވެއްޓި ލޭ ކޯރު ދެމިފައި އޮއްވަ އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!