ޚަބަރު

ރިޔާސީ އިންތިހާބާއި ގުޅޭ މައްސަލައެއް ތަހުގީގެއް ނުކުރޭ: ފުލުހުން

ދެން އެމްވީ ، ދެން އޮންލައިން

ރިޔާސީ އިންތިހާބާއި ގުޅޭގޮތުން އެއްވެސް މައްސަލައެއް ތަހުގީގު ކުރަމުން ނުދާ ކަމަށް ފުލުހުން ބުނެފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ފުލުހުންނަށް ފޮނުވި ސިޓީއަކަށް ޖަވާބު ދެމުން ފުލުހުން ބުނީ އިލެކްޝަންސް ކޮމިޝަނަށް ނުވަތަ އެ ކޮމިޝަނުގެ މެންބަރަކަށް އަދި މުވައްޒަފަކަށް ވެސް ރައްދުވާ ގޮތަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި ގުޅޭ ގޮތުން އެއްވެސް މައްސަލައެއް ތަހުގީގު ކުރަމުން ނުދާ ކަމަށެވެ.

ފުލުހުން މިގޮތަށް ބުނެފައިވާއިރު ރިޔާސީ އިންތިހާބުގެ ނަތީޖާ އޮތީ އޮޅުވާލާފައި ކަމަށް ބުނެ އެ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ވާދަކުރެއްވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތުން ކޯޓަށް މައްސަލައެއްވެސް ހުށަހެޅިއެވެ. ނަމަވެސް ސުޕްރީމް ކޯޓުން ނިންމީ ރިޔާސީ އިންތިހާބު ބާތިލް ނުކުރުމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!