ޚަބަރު

ރަސްގެތީމު ސްކޫލުގައި "ފެން ރަނގަބީލު" ޖަހަން ފަށައިފި

ދެން އެމްވީ ، ދެން އޮންލައިން

ދަރިވަރުން ފެން ބުއިމަށް ބާރު އެޅުމުގެ ގޮތުން ރަސްގެތީމު ސްކޫލުން "ފެން ރަނގަބީލު" ޖަހަން ފަށައިފިއެވެ.

Ads by STELCO

އެ ސްކޫލުން މި ރަނގަބީލު ޖަހަން ފެށީ އާ އަހަރުގެ ކިޔެވުން ފެށުމާއެކުގައެވެ.

އެ ސްކޫލްގެ ޕްރިންސިޕަލް އަޒުލީނާ ގާސިމްއާ ހަވާލާދީ "ދަރިވަރު" ނޫހުގައި ލިޔެފައި ވަނީ ފެން ރަނގަބީލު ތަޢާރަފު ކުރީ ފެންބުއިމަށް ކުދިން އިސްކަން ނުދޭތީއާއި ފެން ބުއިމުގެ އާދަ ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމުގެ ގޮތުންނެވެ.

ރަސްގެތީމު ސްކޫލުން ފެން ރަނގަބީލު ޖަހަނީ ކިޔަވައިދޭ ކޮންމެ ދުވަހެއްގެ 10:10 ގައެވެ. ސްކޫލުން އާންމުކޮށް ޖަހާ ރަނގަބީލާ އެ ރަނގަބީލު ތަފާތެވެ.

"މީގެ ސަބަބުން ފެން ބިއުމުގެ އާދަ ދަރިވަރުންގެ ކިބައިގައި ހަރުލާން ފަށާނެ. ގަޑިޖެހޭއިރު ދަރިވަރުން ތިބެނީ ތައްޔާރުވެގެން. ފެންބުއިމަށްފަހު ނޫނީ ކުލާހުން ބޭރަށް އެއްވެސް ކަމަކު ނުދެވޭނެ. އެއީވެސް މިކަމުގެ މުހިންމުކަން ދަރިވަރުންނަށް އަންގައިދޭން" އަޒުލީނާ ވިދާޅުވިއެވެ. ފެ

ފެން ރަނގަބީލާއެކު ދަރިވަރުންނާއެކު މުދައްރިސުންވެސް ފެންބުއިމުގައި ބައިވެރިވެއެވެ.

އަޒްލީނާ ވިދާޅުވީ މަތީ ގްރޭޑް ތަކުގެ ދަރިވަރުން ފެންބުއިމަށް ސަމާލުކަން ނުދޭކަން ފާހަގަވާ ކަމަށާއި ފެން ރަނގަބީލާއެކު އެކަންވެސް މިހާރު ހައްލުވާނެ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!