ޚަބަރު

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ޕްރިންސިޕަލް ސަސްޕެންޑުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި ނ. މާޅެންދޫ ސްކޫލު ޕްރިންސިޕަލް ޔޫސުފް އާދަމް މިއަދު ސަސްޕެންޑުކޮށްފި އެވެ.

Ads by Sosun Fihaara

އެޑިއުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހުމަދު އަލީ ވިދާޅުވީ މާޅެންދޫ ސްކޫލުގެ ޕްރިންސިޕަލް މިއަދުން ފެށިގެން ސަސްޕެންޑުކޮށްފައިވާ ކަމަށެވެ. ނަމަވެސް ސަސްޕެންޑުކުރީ ކިހާ މުއްދަތަކަށް ކަމަށް އޭނާ ވިދާޅެއް ނުވެއެވެ.

ފަސް ގްރާމްގެ މަސްތުވާތަކެއްޗާ އެކު، މިދިޔަ ހަފުތާގެ ހޯމަ ދުވަހު ހައްޔަރު ކުރި ޔޫސުފްގެ ބަންދަށް އެ އަތޮޅު ލަންދޫ ކޯޓުން ހަތް ދުވަސް ޖެހި އެވެ. އޭނާ ދޫކޮށްލީ، ބަންދުގެ މުއްދަތާ މެދު ގޮތެއް ނިންމަން ނ. ހެނބަދޫ ކޯޓަށް އިއްޔެ ގެންދިއުމުންނެވެ.

އެނގިފައިވާ ގޮތުގައި މަސްތުވާތަކެތި ފެނިފައިވަނީ ލޯންޗަކުން އޭނާ ރަށަށް ގެންދިޔަ ކޮތަޅެއްގެ ތެރެއިންނެވެ. މާޅެންދޫ ކައުންސިލްގެ މެމްބަރު މުހައްމަދު ޝާހް މޫސާ ކުރިން ވިދާޅުވި ގޮތުގައި، މަސްތުވާތަކެއްޗާ ގުޅުވައިގެން ޔޫސުފަށް މީގެ ކުރިން އެއްވެސް ތުހުމަތެއް ކޮށްފައެއް ނުވެ އެވެ. ކުއްލިއަކަށް އެފަދަ މައްސަލައެއްގައި ހައްޔަރުކުރުމުން ބޮޑު ހައިރާންކަމެއް ލިބުނު ކަމަށް ވެސް ވިދާޅުވި އެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!