ބާރުގަދަ ކޮޅިގަނޑެއްގައި ލޯންޗެއް ބަންޑުން ޖަހާލައިފި

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އައި ބާރުގަދަ ކޮޅިގަނޑެއްގައި ގއ.އަތޮޅުގައި އޮންނަ ޕާކް ހަޔަޓް މޯލްޑިވްސް ކުޑަހުރާ ރިސޯޓްގެ ލޯންޗެއް ބަންޑުން ޖަހާލައިފިއެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ މި ހާދިސާ ހިނގައިގެން ރިޕޯޓު ލިބިފައިވަނީ ރޭ 21:58 ހާއިރު ކަމަށެވެ.
އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓު ގާޑުގެ ސިފައިން ލޯންޗް ތިލަ ކުރުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް އެމްއެންޑީއެފުން ވިދާޅުވިއެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައެއް ނުވެއެވެ.
ތަފްސީލް އަންނަނީ