ޚަބަރު

ކޮމިޝަނަރ އޮފް ޕްރިޒަންސް ކަމުން މުނާޒް ވަކިކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ކޮމިޝަނަރ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒް މަގާމުން ވަކިކޮށްފިއެވެ.

Ads by STELCO

ކޮމިޝަނަރު ކަމުން މުނާޒް ވަކިކުރެއްވުމަށްފަހު އެ މަގާމަށް ހަމަޖައްސާފައި ވަނީ ރ. ކަނދޮޅުދޫ، ރިހިތަޅާގޭ، އަހްމަދު މުހައްމަދުފުޅުއެވެ.

އޭނާ އަކީ މިހާތަނަށް އެ ސާވިސްގެ އިންސްޕެކްޓަރ ޖެނެރަލް އޮފް ކަރެކްޝަނަލް ސާވިސްގެ މަގާމުގައެވެ.

މީގެއިތުރުން ޖެންޑާ މިނިސްޓްރީގައި ވެސް ގިނަ ދުވަހު އޭނާ ވަނީ މަސައްކަތް ކުރައްވާފައެވެ.

ކޮމިޝަނާ އޮފް ޕްރިޒަންސްގެ މަގާމަށް މުނާޒު ހަމަޖެއްސެވީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.

މުނާޒް މަގާމުން ވަކޮށްފައި މިވަނީ މާފުށީ ޖަލުގައި ގައިދީންތަކެއް އިހްތިޖާޖުކޮށް ބޮޑެތި ހަމަނުޖެހުންތަކެއް ހިނގާފައި ވަނިކޮށެވެ.

މުނާޒުގެ އެންގެވުމަށް ޖަލުގެ އޮފިސަރުންނަށް ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް ގައިދީންނަށް އަނިޔާކުރި ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ތުހުމަތުކޮށްފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!