ޚަބަރު

އާ ސީޕީއާއެކު ޖަލުތައް އިސްލާހުކުރުމުގެ މަސައްކަތް އަވަސްވާނެ: އިމްރާން

ދެން އެމްވީ ، ދެން އޮންލައިން

ކޮމިޝަނަރު އޮފް ޕްރިޒަންސްގެ މަގާމަށް މިއަދު އައްޔަން ކުރެއްވި އަހުމަދު މުހައްމަދުފުޅާ އެކު ރާއްޖޭގެ ޖަލުތައް އިސްލާހުކުރުމަށް ވެފައިވާ ވައުދު ފުއްދުމުގެ މަސައްކަތް ހަލުވިކޮށް ކުރިއަށްދާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by STELCO

ސީޕީގެ މަގާމަށް އަހުމަދު އައްޔަން ކުރައްވާފައިވަނީ އެ މަގާމުގައި ހުންނެވި އަބްދުﷲ މުނާޒު މަގާމުން ވަކިކުރެއްވުމަށްފަހުއެވެ. މުނާޒު މަގާމުން ވަކިކޮށްފައިވަނީ މިއަދުގެ ވަގުތެއްގައެވެ.

މިނިސްޓަރު އިމްރާން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ޖަލުތައް އިސްލާހުކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދައި، ޖަލު އޮޑިޓްގެ ރެކޮމެންޑޭޝަން ތަންފީޒު ކުރުމުގެ މަސައްކަތް އާ ސީޕީއާއެކު ހަލުވިކޮށް ކުރިއަށްދާނެ ކަމަށެވެ.

އަދި އިމްރާން ވަނީ ކުރީގެ ސީޕީ މުނާޒު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އަށް ކޮށްދެއްވި ހިދުމަތް ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.

މުނާޒު މަގާމުން ވަކިކޮށްފައިމިވަނީ ޖަލުތަކުގެ ހާލަތު ދަށްވެ، ޖަލުތަކާ މެދު އާއްމުންގެ ޝަކުވާ ވަރަށް ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!