Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ކުޑަކުއްޖަކާ ކޯޓުން ބޭރުގައި ކައިވެނިކޮށް ޖިންސީ ގޯނާ ކުރި މީހަކު ހައްޔަރުކޮށްފި

ފުވައްމުލަކުގައި 15 އަހަރުން ދަށުގެ ކުއްޖަކާއި ކޯޓުން ބޭރުގައި ކައިވެނިކޮށް އެކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ބުނީ ހަރުކަށި ފިކުރު ގެންގުޅެ، ގާނޫނާއި ހިލާފަށް ކޯޓުން ބޭރުގައި 15 އަހަރުގެ އަންހެން ކުއްޖަކާއި ކައިވެނިކޮށްގެން ކަމަށް ބުނެ އެކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ފުވައްމުލަކުން 35 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލަ އާއި ގުޅިގެން 15 އަހަރުގެ އަންހެން ކުއްޖާގެ މަންމަ، ދަރިފުޅާއި މެދު އިހްމާލުވެފައިވާތީ ކޯޓު އަމުރެއްގެ ދަށުން ވަނީ ހައްޔަރުކޮށްފައެވެ.

Advertisement
Allied Insurance — Square (box)

ފުލުހުން ބުނީ މި މައްސަލަ އިތުރަށް ތަހްގީގު ކުރަމުން އަންނަ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް