ދުނިޔެ

ކޮވިޑް-19: އިންޑިއާގައި 8.5 ލައްކަ މީހުން ބަލިން ރަނގަޅު ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

އަޅުގަނޑުމެންގެ އަވައްޓެރި އިންޑިއާ އަކީ ކޮވިޑް-19ގެ ގިނަ ކޭސް ތަކެއް ފެނިފައި ވާ ގައުމެކެވެ. އަދިވެސް ކޮވިޑް-19 ގެ ކޭސް ތައް އިންޑިއާއިން ފެންނަމުން ދާކަންވެސް ފާހަގަ ކުރެވެއެވެ.

Ads by Sosun Fihaara

އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން ދަނީ ކޮވިޑް-19 އިންޑިއާގައި ފެތުރުނަ ނުދިނުމަށްޓަކައި އެތައް މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން ކޮވިޑް-19 ޖެހިފައިވާ 8.5 ލައްކަ މީހުން އިންޑިއާގައި މިހާރު ބަލިން ރަނގަޅުވެފައިވާ ކަމަށް އެ ގައުމުގެ ސިއްހަތާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއެވެ. އެއީ ކޮވިޑް-19 ޖެހުނުމީހުންގެ 65.53 އިންސައްތަ މީހުންނެވެ.

އިންޑިއާގެ ސިއްހަތާ ބެހޭ ވުޒާރާއިން މައުލޫމާތު ދޭ ގޮތުގައި މިހާތަނަށް ޖުމުލަ 8،49،432 މީހުންވަނީ ކޮވިޑް-19 އިން ރަނގަޅުވެފައެވެ. އަދި ފާއިތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި 32،223 މީހުން ކޮވިޑުން ރަނގަޅު ވެފައިވާ ކަމަށް މައުލޫމާތު ދެއެވެ.

ކޮވިޑް-19 ޖެހިފައިވާ 48،916 މީހުން ފާއިތުވެދިޔަ 24 ގަޑިއިރު ތެރޭގައި އިންޑިއާ އިން ފެނިފައި ވާއިރު މިހާރު އެކްޓިވް ކޭސްތަކުގެ އަދަދަކީ 4،56،071 އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!