ދުނިޔެ

ކޮވިޑް19 އިންޑިއާ: 1500 މީހުނަށް ކާންދީ، ސުކޫލު ފީ މާފުކޮށް ގިނަ ބައެއްގެ ލޯބި ޕްރިންސިޕަލް އަކު ހޯދައިފި

ދެން އެމްވީ ، ދެން އޮންލައިން

ކޮވިޑް19 އާއެކު ގިނަ ވަޒީފާ ގެއްލި ގިނަ ބަޔަކަށް ވަނީ އާމްދަނީ ހޯދާނެ މަގު ބަންދުވެ، އަތްމަތި ދަތިވެފައެވެ. މިފަދަ ހާލަތެއްގައި ދީލަތި ގިނަ ފަރާތްތަކެއްގެ އެހީ ލިބެމުން އަންނަ ކަން ފާހަގަކޮށްލަންޖެހެއެވެ.

Ads by WAMCO

އެގޮތުން އިންޑިއާގެ މަހަރާޝްތްރާ ގައި ދިރިއުޅޭ ދެމަފިރިއަކު މި ވަނީ ގިނަ ބަޔަކަށް އެހީވެ ނަމޫނާ ދައްކާފައެވެ. އެގޮތުން އެ ސަރަހައްދުގެ ދަރިވަރުންގެ ކިޔެވުމަށް އެހީވުމުގެ އިތުރުން ބޭނުން ޖެހިފައިވާ 1500 މީހުނަށް ދެ އިރުގެ ކޮއްތު މި ދެމަފިރިން ވަނީ ފޯރުކޮށްދީފައެވެ. މިކަމަށް މި ދެމަފިރިން ރައްކާކޮށްފައި ހުރި 4 ލައްކަ ރުޕީސް ހަރަދުކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މި ދެމަފިރިންގެ ތެރެއިން އަންހެން މީހާ ކަމަށްވާ މިރްޒާ ޝެއިޚް އަކީ އެ ސަރަހައްދު ސުކޫލެއްގެ ޕްރިންސިޕަލެވެ. މިރްޒާ ބުނި ގޮތުގައި ލޮކްޑައުންގެ ސަބަބުން އޭނާގެ ގިނަ ދަރިވަރުންނަށް ސުކޫލު ފީ ދެއްކުން ވެގެން ދިޔައީ ވަރަށް ބޮޑު ކަމަކަށެވެ. އަދި ސުކޫލު ފީ ގިނަ ކުދިން ދައްކާފައި ނުވާ ކަން އޭނާ ފާހަގަކުރިއެވެ. އޭނާ ވަނީ ސުކޫލުގެ ފީ 3 މަހުގެ ފީ ވަނީ މާފުކޮށްދީފައެވެ.

މިރްޒާ ގެ ދެ މަފިރިން ގުޅިގެން ކުރި މި މަސައްކަތުން އެތައް އާއިލާގެ މޫނަށް ހިނިތުންވުން ގެނެސްދީ އުފާވެރިކަން ގެނެސްދިނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!