ދުނިޔެ

އިންޑިއާގައި ކުއްތާއަކާ ބެހިގެން މީހަކު ހައްޔަރު ކޮށްފި!

ދެން އެމްވީ ، ދެން އޮންލައިން

އިންޑިއާގައި ކުއްތާއަކާ ބެހިގެން 40 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފިއެވެ. އިންޑިއާގެ ސިޓީއެއް ކަމަށްވާ ތޭން އިން މި ފިރިހެން މީހާ ހައްޔަރު ކޮށްފައިވަނީކުއްތާއަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައެވެ.

Ads by Sosun Fihaara

ޖަނަވާރުންގެ ހައްގުތައް ހިމާޔަތް ކުރުމަށް މަސައްކަތް ކުރާ މީހެއް ކަމަށް ވާ އަދިތީ ނާއިރް ޖެއްސި މައްސަލައަކާއި ގުަޅިގެން މި މީހާ ހައްޔަރުކޮށްފައި ވަނީމިދިޔަ އަންގާރަ ދުވަހުއެވެ.

އަންގަާރަ ދުވަހު މި މީހާ ކުއްތާއަކަށް ޖިންސީ ގޯނާ ކުރި މަންޒަރު ވަނީ އެވަގުތު މަގުމަތީގައި އުޅުނު ކުއްތާތަކަށް ކާންދޭން އުޅުނު ކުދިން ތަކަކަށް ފެނިފައެވެ. އަދި އެކުދިން ވަނީ ޖަނަވާރުތައް ހިމާޔަތް ކުރަން މަސައްކަތް ކުރާ ނައިރުއަށް ވަގުތުން ގުޅާ މިވާހަކަ ކިޔައިދީފައެވެ.

ވަގުތުން ވަގުތަށް އޭނާ ވަނީ ފުލުހުންނަށް ގުޅައި މި މައްސަލަ ރިޕޯޓް ކޮށްފައެވެ. އަދި ފުލުހުން ވަނީ އޭނާ ހައްޔަރު ކޮށްފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!