މުނިފޫހިފިލުވުން

ޓެއިލާ ސްވިފްޓްގެ މަންމަގެ ސިކުނޑީގައި ޓިއުމަރެއް

ދެން އެމްވީ ، ދެން އޮންލައިން

އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ޓެއިލް ސްވިފްޓްގެ މަންމަގެ ސިކުނޑީގައި ޓިއުމަރެއް އުފެދިއްޖެއެވެ.

Ads by MWSC

ޓެއިލާ ސްވިފްޓްގެ މަންމަގެ ސިކުނޑީގައި ޓިއުމަރެއް އުފެދިފައިވާ އިރު، މީގެ ކުރިން އޭނާގެ މަންމަ ވަނީ ކެންސަރާ ވެސް ހަނގުރާމަކޮށްފައެވެ. އޭނާގެ މަންމަ ކެންސަރުން ސަލާމަތްވެފައިވަނީ 2015 ވަނަ އަހަރުއެވެ.

ޓެއިލާ ސްވިފްޓްގެ މަންމަގެ ސިކުނޑީގައި ޓިއުމަރެއް އުފެދިފައިވާކަން އޭނާ އިއލާންކޮށްފައިވަނީ "ވެރައިޓީ"އަށް ދިން އިންޓަވިއެއްގައެވެ. ޓައިލޭ ސްވިފްޓް ބުނެފައިވާ ގޮތުގައި މިހާރު އޭނާގެ މަންމަގެ ސިކުނޑީގައި އުފެދިފައިވާ ޓިއުމަރަށް ފަރުވާ ހޯދަން ވަނީ ޖެހިފައެވެ.

ޓެއިލާ ސްވިފްޓް ބުނީ ސިކުނޑީގައި ޓިއުމަރެއް އުފެދުމަށް ކުރި ހަނގުރާމަ އާއި ކެންސަރަށް ކުރި ހަނގުރާމައާ ވަރަށް ތަފާތުވާނެ ކަމަށާއި މިވަގުތަކީ އޭނާގެ އާއިލާއަށް ވަރަށް އުނދަގޫ ދުވަސްވަރެއް ކަމަށެވެ. އެކަމަށް ހިޔާރުކުރާނެ ފަރުވާ އަދި ނޭނގޭ ކަމަށް ވެސް އޭނާ ބުންޏެވެ.

ޓެއިލާ ސްވިފްޓްގެ މަންމަގެ ސިކުނޑީގައި ޓިއުމަރެއް އުފެދުމާ ގުޅިގެން ޓެއިލާގެ އާ އަލްބަމު "ލަވަރ"ގެ ޓުއާ ދަތުރުތައް ވެސް ވަނީ ކުރުކޮށްލައިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!