މި ފަހަރު ކަދުރު ބަހަނީ ހަމައެކަނި ފަގީރުންނަށް: އިސްލާމިކް މިނިސްޓްރީ
ސައުދީ އަރަބިއްޔާއިން މި ފަހަރު ރާއްޖެ ހަދިޔާ ކޮށްފައިވާ ކަދުރު ބަހާނީ ހަމައެކަނި ފަގީރުންނަށް ކަމަށް އިސްލާމިން މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓަރު ވިދާޅުވީ މި އަހަރު ކަދުރު ބަހަން ނިންމާފައި ވަނީ ފަޤީރުންގެ ލިސްޓުގައި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމަށާއި ބާކީވާ ކަދުރު ބަހަން ނިންމާފައި ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ޤާއިމު ކޮށްފައިވާ އެކި އެކި ފެސިލިޓީތަކަށް ކަމަށެވެ.
ސައުދީ ސަރުކާރުން ކޮންމެ އަހަރަކު ވެސް ރަމަޟާންމަހަށް ރާއްޖެއަށް ކަދުރު ހަދިޔާ ކުރެއެވެ. އެގޮތުން މީގެ ކުރީ އަހަރުތަކުގައި ސައުދީން ވަނީ ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާ ކޮށްފައެވެ.
"އެންމެންނަށް ބަހާނެ ކަދުރެއް ނެތް. މިފަހަރު ސައުދީ ސަރުކާރުން ދީފައި ހުރީ ކުރީ އަހަރުތަކާ ޚިލާފަށް ވަރަށް މަދުން. ކުރިން 50 ޓަނު ހަދިޔާ ކުރިޔަސް މި ފަހަރު ހަދިޔާ ކޮށްފައި ވަނީ 25 ޓަނު." އިސްލާމިކް މިނިސްޓަރު ޑރ. އަޙްމަދު ޒާހިރު ވިދާޅުވިއެވެ.
މިނިސްޓްރީން ބުނީ ކަދުރު ބެހުމުގައި ކަންކުރާނެ ގޮތުގެ އުސޫލު ވަރަށް އަވަހަށް ހިއްސާކުރާނެ ކަމަށެވެ.
“ކުރިން 50 ޓަނު ހަދިޔާ ކުރިޔަސް މި ފަހަރު ހަދިޔާ ކޮށްފައި ވަނީ 25 ޓަނު”
ކުރީ މިދިޔަ އަހަރާއި އޭގެ ކުރީ އަހަރުވެސް “ފަގީރު” ކުފިންކޮޅު ބަހާލައިގެން ކާލީ. 50 ޓަނެކޭ 25 ޓަނެކޭ އެއްވަރެއްނު. އެންމެ ޓަނެއް ނުދިނަސްވެސް އަހަރުންނަށް ހެޔޮ!