ދުނިޔެ

މި މީހާ ވިހެއީ ބަނޑުބޮޑު ވިތާ ގަޑިއިރެއްގެ ތެރޭގައި

ދެން އެމްވީ ، ދެން އޮންލައިން

ތިން ވަނަ ދަރިފުޅު ވިހެއީ ބަލިވެ އިންތާ އެންމެ އެއް ގަޑި އިރެއްގެ ތެރޭގައި ކަމަށް އަންހެނަކު ބުނެފިއެވެ.

Ads by WAMCO

އިންޑޮނީޝިއާގެ 30 އަހަރުގެ ހީނީ ނޫރާނީ ބުނި ގޮތުގައި ބަލިވެއިންކަން އެނގުނީ މި މަހުގެ 18 ވަނަ ދުވަހު ކަމަށާއި އެއަށްފަހު ބަނޑަށް އާދަޔާހިލާފު ގޮތްތަކެއްވުމަށް ފަހު ބަނޑު ހަމަ ބޮޑުވީކަމަށެވެ. އެއީ މީގެ ކުރިން ދުވަހަކު ވެސް ނުކުރެވޭ ފަދަ ތަފާތު އިހުސާސެއް ކަަމަށް އޭނާ ބުނެފައިވެއެވެ.

މިގޮތަށް 'ބަނޑު ބޮޑުވި' ތާ އެއް ގަޑިއިރު ފަހުން ހީނީ ވަނީ ވަނީ ވިހައިފައެވެ. އަދި ކުއްލިއަކަށް ބަލިވެ، އިނދެ ހަމަ ކުއްލިއަކަށް ވިހަން ޖެހުނު ސަބަބެއް އޭނާ އަށް ވެސް ނޭނގޭ ކަމަށް ހީނީ ބުނެފައިވެއެވެ.

ހީރީ އިތުރަށް ބުނި ގޮތުގައި މި ގޮތަށް ވިހަން ޖެހުނީ ދެވަނަ ދަރިފުޅު ލިބުނު ފަހުން ކުރިމަތިވި ސިއްހީ މައްސަލަތަކަކާއި ހެދި ދޭތެރެ ދުރުކުރުމަށްޓަކައި ފިރިމީހާއާ އެކު ގުޅުން ނުހިންގާތާ ވެސް ނަވާރަ މަސް ވެފައި ވަނިކޮށެވެ. އަދި މިއީ ކޮންމެއަކަސް ވަރަށް އާދަޔާ ހިލާފަށް ކުރިމަތިވި ކަމެއްކަން އޭނާ ފާހަގަކުރެއެވެ.

ހީރީ ތިން ވަނަ ކުއްޖާ ވިހެއިރު މާބަނޑު މީހަކަށް ދިމާވާނެ އެއްވެސް ކަހަލަ އަލާމާތެއް ވެސް ކުރިއަކުން ދިމާވެފައެއްނުވެއެވެ. އަދި ފާއިތުވި ނުވަ މަހުގެ ތެރޭގައި މައްސަރު ކަންތައް ވެސް ވެފައިވެއެވެ.

މިކަމާއި ގުޅިގެން ބައެއް ޑޮކްޓަރުން ބުނެފައިވާ ގޮތުގައި މިއީ "ކްރިޕްޓިކް ޕްރެގްނަންސީ" އަކަށް ވެދާނެ ކަމަށާއި އެއީ ބަލިވެ އިންކަން އެއްވެސް ގޮތަކަށް ނޭނގި ހުރުމަށް ފަހު ނުވަ މަސް ވާން ކައިރިވާ ފަހުން ކުއްލިއަކަށް އެކަން އެނގުމެވެ. މިއީ 25،000 އިން އެކެއްގެ ފުރުސަތު އޮންނަ ހާލަތެއް ކަން ވެސް ޑޮކްޓަރުން ފާހަގަކުރެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!