ޚަބަރު

ދުނިޔޭގައި ނުރައްކާތެރި ބައްޔެއް ފެތުރެމުންދާއިރު ސަރުކާރު އޮތީ ނިދިޖެހިފައި: ސައީދު

ދެން އެމްވީ ، ދެން އޮންލައިން

ކޮރޯނާވައިރަސް ފަދަ ނުރައްކާތެރި ބައްޔެއް ދުނިޔޭގައި ފެތުރެމުންދާއިރު، ހެލްތު ސްކްރީން ކުރުމާއި އެއާޕޯޓުތައް އިންތިޒާމުން ފަދަ ކަންކަން ކުރުމުގައި މި ސަރުކާރު އޮތީ ނިދި ޖެހިފައި ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ޗައިނާގެ ވުހާން ސިޓީގައި ފުރަތަމަ ފެތުރެން ފެށި ބަލީގައި މިހާތަނަށް ނުވަ މީހަކު، އެ ސިޓީން ވަނީ މަރުވެފަ އެވެ. އަަދި ޗައިނާގެ އެކި ސަރަހައްދުތަކުން އެ ވައިރަސްގެ ސަބަބުން ބަލިވި މީހުން ފެންނަލެއް ގިނަވުމުގެ އިތުރުން، އެމެރިކާ ފަދަ ބައެއް ގައުމުތަކަށް ވެސް މިހާރު ވަނީ ވައިރަސް ފޯރައިފަ އެވެ.

މިކަމާއި ގުޅިގެން ސައީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓޫރިޒަމް އަށް ބަރޯސާވެފައިވާ ރާއްޖޭގައި ހެލްތު ސްކްރީން ވަރުގަދަކޮށް އެއާޕޯޓުތައް އިންތިޒާމް ކުރުން މުހިންމު ކަމަށެވެ.

"ސަރުކާރު މި ފެންނަނީ މިފަދަ މުހިންމު ކަންކަމުގައި ނިދިޖެހި، އާންމު އުސޫލުން 'ސްލޯ' ވެފައިވާ ތަން." ސައީދު ވިދާޅުވިއެވެ.

ކޮރޮނޯވައިރަސް އަކީ އާންމުކޮށް ޖަނަވާރުތަކުގައި އުޅޭ ވައިރެހެކެވެ. ޖަނަވާރުން އިންސާނާގެ ގަޔަށް އަރައި، ބަލިވިޔަސް، އެކެއްގެ ފަރާތުން އަނެކަކަށް އާންމުކޮށް ނާރަ އެވެ. އެކަމަކު މިހާރު ފެތުރެމުންދާ ވައިރަަސް އެކެއްގެ ގައިން އަނެކަކުގެ ގަޔަށް އަރާ ކަމަށް، އިއްޔެ ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

މި ބަލި ޖެހެނީ ނޭވާލާ ނިޒާމަށެވެ. އަދި ފަހުން ނިއުމޯނިޔާއަށް ބަދަލުވެ އެވެ. ބަލީގެ ނިޝާންތަކަކީ ކެއްސުމާއި ހުން އައުމާއި ނޭވާ ކުރުވުމާއި ނޭވާލާން އުނދަގޫވުމެވެ.

ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަނީ ޗައިނާއިންނެވެ. އެހެންކަމުން ދުނިޔޭގެ އެހެން ގިނަ ގައުމުތަކެކޭ ވެސް އެއްފަދައިން ރާއްޖޭން ވެސް ފިޔަވަޅުތައް އަޅައި ތަންފީޒުކުރާކަން އެންމެންނަށް އެނގެން ޖެހޭނެ ކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!