ވިޔަފާރި

ކުކުޅު ފިހާރައިން އިން އެން-95 ޕްރޮޓެކްޓިވް މާސްކާއި ސެނެޓައިޒާގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ފިނިކުރި ކާބޯތަކެތި ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަމުން އަންނަ "ކުކުޅު ފިހާރަ އީ މޯލް" އިން އެން 95 ޕްރޮޓެކްޓިވް މާސްކާއި ސެނެޓައިޒާގެ އަގު އަނެއްކާ ވެސް ވަރަށް ބޮޑަށް ހެޔޮކޮށްފި އެވެ.

Ads by MWSC

ކުކުޅު ފިހާރައިގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު މުހައްމަދު ނަޝާތު ވިދާޅުވި ގޮތުގައި، ކުކުޅު ފިހާރައިން ވިއްކާ މާސްކަކީ ފެންވަރު ރަނގަޅު އަދި ވައިރަސްތަކުން ސަލާމަތްވުމަށްޓަކައި އާންމުކޮށް ބޭނުންކުރަން އެކަށީގެންވާ މާސްކެއްގެ ގޮތުގައި ސިއްހީ މާހިރުން ލަފާ ދީފައިވާ އެން ނައިންޓީ ފައިވް މާސްކެކެވެ.

ނަޝާތު ވިދާޅުވީ އަސާސީ މެޑިކަލް ސާމާނުގެ އަގު އަނެއްކާވެސް ހެޔޮ މިކުރީ މާލޭގައި ކޭސްތައް އިތުރުވެ މާސްކާއި ޗެނެޓައިޒާ ބޭނުން ކުރުމަށް ސިއްހީ މާހިރުން ލަފާ ދެމުން ދޭތީ ކަމަށެވެ.

"މިހާރު ޑަބްލިޔުއެޗްއޯ އިން އިރުޝާދުދީފައި ވަނީ އުމުރުން 60 އަހަރުން މަތީގެ މީހުންނާއި ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ މީހުން، ގައި ދުރުނުކުރެވޭ ހާލަތްތަކުގައި މެޑިކަލް މާސްކު ބޭނުންކުރުމަށް، ކޮންމެ މީހަކު ވިޔަސް ކޮވިޑް-19 އަށް ޝައްކުކުރެވޭ އަލާމާތެއް ހުރި ނަމަ އަބަދުވެސް 95 ޕްރޮޓެކްޓިވް މާސްކު އަޅައިގެން އުޅުމަށް.." ނަޝާތު ވިދާޅުވި އެވެ

މިހާރު އެން 95 ޕްރޮޓެކްޓިވް މާސްކް ލިބެން ހުންނާނީ 49 ރުފިޔާ އަށެވެ. އަދި "މީރުވަސް ދުވާ" ސެނެޓައިޒާ 500 އެމްއެލް ފުޅިއެއް ވެސް މިހާރު ވިއްކަނީ 49 ރުފިޔާ އަށެވެ.

ނަޝާތު ވިދާޅުވި ގޮތުގައި، ކުކުޅު ފިހާރަ އީ-މޯލް އިން ވިއްކާ ސެނެޓައިޒާ އަކީ ވެސް މިވަގުތު ރާއްޖޭއިން ލިބޭނެ އެންމެ ކޮލިޓީ އަދި އަގުގެ ގޮތުން ބެލިޔަސް އެ ސެނެޓައިޒާއަކީ އަތްފޯރާ އަގެއްގައި ލިބޭނެ ސެނެޓައިޒާއެވެ.

ކުކުޅު ފިހާރަ ޝޮޕިން މޯލަކީ ރާއްޖޭގައި އެންމެ އަގުހެޔޮކޮށް ތަކެތި ލިބޭ އެއް މޯލް އެވެ. މިދިޔަ އޭޕްރީލް މަހުން ފެށިގެން ކުކުޅު ފިހާރައިން ވަނީ އެ ފަރާތުން ވިއްކާ ތަކެތީގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފަ އެވެ.

ކުކުޅު ފިހާރައިން މީގެ ކުރިން ފިނިކުރި ކާބޯތަކެތި އެކަނި ވިއްކި ނަމަވެސް އީ-ޝޮޕިން މޯލް ހުޅުވުމާއެކު ރީތިވާ ސާމާނާއި ގޭތެރެއަށް ބޭނުންވާ ސާމާނު ވެސް އަގުހެޔޮކޮށް މިހާރު ލިބެ އެވެ. އަދި ކޮންމެ ދުވަހަކު އާ އައިޓަމެއް މޯލަށް އިތުރުވާނެ ކަމަށް ކުކުޅު ފިހާރައިން ބުނެ އެވެ.

މާސްކާއި ސެނެޓައިޒާ ގަތުމަށް ހުޅުމާލެ އިން ނަމަ 9666575 އަށް އަދި މާލެއިން 9986575 އަށް ގުޅައިގެން ކުރިއަށް ގެންދެވޭނެ އެވެ. އަދި ކުކުޅު ފިހާރަގެ ވެބްސައިޓް، މެދުވެރިކޮށް އިތުރު މައުލޫމާތު ލިބޭނެ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!