ޚަބަރު

ރާއްޖެ އަންނަ މީހުން ވުހާން ވައިރަސް އަށް ސްކްރީން ކުރަން ފަށައިފި

ދެން އެމްވީ ، ދެން އޮންލައިން

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޗައިނާގެ ވޫހާން ސިޓީއިން ފެނުނު ކޮރޯނާވައިރަސް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެތުރެމުން އަންނާތީ ރާއްޖެ އަންނަ ފަތުރުވެރިން އެ ވައިރަހަށް ސްކްރީން ކުރުމުގެ އިންތިޒާމް ޓޫރިޒަމް މިނިސްޓްރީން ވެލާނާ އިންޓަނޭޝަލް އެއާޕޯޓު (ވީއައިއޭ)ގައި ހަމަޖައްސައިފިއެވެ.

Ads by Sosun Fihaara

ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މިހާތަނަށް ރާއްޖެ އައިސްފައިވާ އެއްވެސް ފަތުރުވެރިއަކު އެ ބައްޔަށް ޕޮޒިޓިވްވެފައި ނުވާ ކަމަށެވެ. ޓޫރިޒަމްއިން ބުނީ ރާއްޖެއަށް އަންނަ ފަތުރުވެރިން ކޮރޯނާއަށް ސްކްރީން ކުރަން ޖެހޭނެ ކަމަށެވެ. އަދި އެކަމަކީ ރާއްޖެ އަންނަ ފަތުރުވެރިންނާއި ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް އަޅާފައިވާ މުހިއްމު ފިޔަވަޅެއްގެ ގޮތުގައި އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ޗައިނާގެ ވޫހާން ސިޓީއިން އެމެރިކާއަށް ދަތުރުކުރި މީހަކަށްވެސް ކޮރޯނާވައިރަސް ޖެހިފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓުތަކުން ބުނަމުންނެވެ. ޗައިނާގެ ވޫހާން ސިޓީއިން ފެނުނު ކޮރޯނާ ވައިރަހުގެ އާއިލާއަށް ނިސްބަތްވާ އާ ރޯގާއަށް ޕޮޒިޓިވްވި މީހުންގެ އަދަދު 440 އަށް އަރާ، މި ރޯގާގައި މަރުވި މީހުންގެ އަދަދު މިހާތަނަށް 9 އަށް އަރާފައިވާ ކަމަށް ޗައިނާގެ ހެލްތް ކޮމިޝަނުން މިއަދުވަނީ ބުނެފައެވެ.

ކޮރޮނޯވައިރަސް އަކީ އާންމުކޮށް ޖަނަވާރުތަކުގައި އުޅޭ ވައިރެހެކެވެ. ޖަނަވާރުން އިންސާނާގެ ގަޔަށް އަރައި، ބަލިވިޔަސް، އެކެއްގެ ފަރާތުން އަނެކަކަށް އާންމުކޮށް ނާރަ އެވެ. އެކަމަކު މިހާރު ފެތުރެމުންދާ ވައިރަަސް އެކެއްގެ ގައިން އަނެކަކުގެ ގަޔަށް އަރާ ކަމަށް، އިއްޔެ ޗައިނާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފަ އެވެ.

މި ބަލި ޖެހެނީ ނޭވާލާ ނިޒާމަށެވެ. އަދި ފަހުން ނިއުމޯނިޔާއަށް ބަދަލުވެ އެވެ. ބަލީގެ ނިޝާންތަކަކީ ކެއްސުމާއި ހުން އައުމާއި ނޭވާ ކުރުވުމާއި ނޭވާލާން އުނދަގޫވުމެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!