ދުނިޔެ

ކޮވިޑް-19: އިނގިރޭސިވިލާތުގައި ބުޅަލެއްވެސް މި ބައްޔަށް ފައްސި ވެއްޖެ!

ދެން އެމްވީ ، ދެން އޮންލައިން

އިނގިރޭސި ވިލާތުގައި ފުރަތަމަ ފަހަރަށް ޖަނަވާރަކަށް ކޮވިޑް -19 ޖެހިއްޖެއެވެ.ނަމަވެސް އެގައުމުގެ ސިއްހީ މާހިރުން ވިދާޅުވާ ގޮތުގައި މިކަމުގެ ސަބަބުންޖަނަވާރުންގެ ކިބައިން އިންސާނުންނަށް ބަލި ނުފެތުރޭނެ ކަމަށެވެ.

Ads by Sosun Fihaara

އިނގިރޭސިވިލާތުގެ މި ބުޅަލަށް ކޮވިޑް-19 ޖެހިފައިވަނީ އެބުޅަލުގެ ވެރިމީހާގެ ފަރާތުން ކަމަށް އެބޭފުޅުން މައުލޫމާތު ދެއެވެ. ނަމަވެސް ހަބަރު ފަތުރާވަސީލަތްތަކުން މައުލޫމާތު ދޭ ގޮތުގައި މި ބުޅަލާައި އޭގެ ވެރި މީހާވެސް ވަނީ މި ބަލިން ރަނގަޅުވެފައެވެ.

މި ކަމަކީ ހާސްވާންޖެހޭވަރުގެ ކަމެއް ނޫން ކަމަށާއި މިފަދަ ކޭސްތަކަކީ ވަރަށް މަދުން ފެންނަ ކޭސްތަކެއްކަމަށް އެ ގައުމުގެ ސިއްހަތާބެހޭ މާހިރުން ވިދާޅުވެެއެވެ.

އިނގިރޭސިވިލާތުގެ ޑިރެކްޓަރ ފޯރ ހެލްތު ޕްރްޓެކްޝަން ވަނީ އެގައުމުގެ ރައްޔިތުންނަށް، ގެންގުޅޭ ޖަނަވާރުންގެ ގައިގައި އަތްލުމުގެ ކުރިން އަދި އަތްލުމަށްފަހު ވެސް ރަނގަޅަށް ސައިބޯނި ލައިގެން އަތްދޮވުމަށް އިލްތިމާސް ކުރައްވާފަައެވެ.

މުޅި ދުނިޔެއަށް ބަލާއިރުވެސް މިފަދަ ކޭސްތަކުގެ އަދަދު މަދުކަން ހަބަރު ފަތުރާ ވަސީލަތްތަކުން ވަނީ ފާހަގަ ކޮށްފައެވެ

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!