ޚަބަރު

ލޯންޗެއް ބަންޑުން ޖަހާލައި ދިވެއްސަކު މަރުވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ފަތުރުވެރިން ގޮވައިގެން ދަތުރުކުރަމުން ދިޔަ ލޯންޗެއް ބަންޑުން ޖަހާލައި އޭގައި ހުރި ދިވެހި ފިރިހެނަކު މަރުވެއްޖެއެވެ.

Ads by Sosun Fihaara

ފުލުހުން ބުނީ، ނޮކު މޯލްޑިވްސް އައިލެންޑް ރިސޯޓަށް ފަތުރުވެރިން ގޮވައިގެން ދަތުރު ކުރަމުންދިޔަ ލޯންޗެއް އެ ރިސޯޓުގެ ނެރުމަށްޗަށް މިއަދު ހަވީރު ބަންޑުން ޖަހާލާފައިވާ ކަމަށާއި، އެ ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ، އިރުއޮއްސެން ދަނިކޮށް ކަމަށެވެ.

އެ ލޯންޗުން ދަތުރުކުރީ ޖުމްލަ ހަތް މީހުން ކަމަށާއި، އެއީ ދެ ފަތުރުވެރިންނާއި، ހަތަރު ފަޅުވެރިންގެ އިތުރުން އެ ރިސޯޓުގައި މަސައްކަތެއް ކުރުމަށް ދިޔަ މީހެއް ކަމަށެވެ. އަދި އެ ލޯންޗު ބަންޑުން ޖަހާލުމާއެކު، އެރިސޯޓުގެ ފަރާތުން ޑިންގީއެއްގައި ގޮސް، މީހުން ސަލާމަތްކޮށްގެން ރިސޯޓަށް ގެނެސްފައިވާ ކަަމަށެވެ.

މީގެ އިތުރުން، އެލޯންޗުން ދަތުރު ކުރި އެ ރިސޯޓަށް މަސައްކަތެއް ކުރުމަށް ދިޔަ 51 އަހަރުގެ ދިވެހި މީހާއަށް ގިނައިން ލޮނު ބޮވުމުގެ ސަބަބުން، ހޭނާރާ އޮވެ މަރުވެފައިވާކަމަށާއި، އެމައްސަލައިގައި އިތުރަަށް ބަލަންޖެހެ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!