މުޢިއްޒު މާލޭގެ މޭޔަރުކަމާ ގާތަށް

މާލެ ސިޓީގެ މޭޔަރުކަން ކާމިޔާބު ކުރުމާ ގާތަށް އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓް ޑރ. މުހައްމަދު މުޢިއްޒު ޖެހިލައިފިއެވެ.
މުޢިއްޒުގެ އިތުރުން މާލެ ސިޓީ މޭޔަރުކަމަށް ދެން ކުރިމަތިލައްވާފައި ވަނީ އެމްޑީޕީގެ ކެންޑިޑޭޓް އަނަސް އަބްދުއްސައްތާރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު އަލްހާން ފަހުމީއެވެ.
މިހާތަނަށް ގުނާފައިވާ ވޯޓު ފޮށިތަކަށް ބަލާއިރު، މާލޭގެ 23 ފޮށިގެ ތެރެއިން 22 ފޮށިން މުއިއްޒު ވަނީ ކުރި ހޯދައިފައެވެ.
އެ ގޮތުން ވަގުތީ ނަތީޖާއިން މުޢިއްޒަށް 8131 ވޯޓު ލިބިވަޑައިގެންފައިވާ އިރު އަނަސްއަށް ލިބިވަޑައިގެންފައި ވަނީ 4832 ވޯޓެވެ. އަދި އަމިއްލަ ކެނޑިޑޭޓް އަލްހާނަށް ލިބިވަޑައިގެންފައި ވަނީ 238 ވޯޓެވެ.
މިހާތަނަށް ގުނާފައިވާ ވޯޓު ފޮށިތަކުން މުޢިއްޒު ހޯދާފައިވާ ކާމިޔާބާއެކު ގިނަ ބަޔަކު އަންނަނީ މުޢިއްޒުއަށް މަރުހަބާ ދަންނަވަމުންނެވެ.
މިހާތަނަށް ލިބިފައިވާ ވަގުތީ ނަތީޖާތަކުން މާލެ ސިޓީގެ ޕީޕީއެމްގެ ކެނޑިޑޭޓުން އަންނަނީ ކުރި ހޯދަމުންނެވެ. އެގޮތުން މިހާތަނަށް 6 ގޮނޑި ޕީޕީއެމުން ވަނީ ކަށަވަރު ކޮށްފައެވެ.