ދުނިޔެ

ކޮވިޑް-19: ވޮޑްކާ އަކީ މިބައްޔަށް ފަރުވާއެއް ކަމަށް ވިދާޅުވި ބެލަރޫސް ގެ ރައީސް ފައްސި ވެއްޖެ!

ދެން އެމްވީ ، ދެން އޮންލައިން

ވޮޑްކާ ބުއިމާއި ސައުނާ އަކީ ކޮވިޑް-19 އަށްހުރި ފަރުވާއެއް ކަމަށް ވިދާޅުވި ބެލަރޫސް ގެ ރައީސް އެލެކްޒެންޑަރ ލުކަޝެންކޯ، ކޮވިޑަށް ފައްސި ވެއްޖެއެވެ.

Ads by WAMCO

އުމުރުން 65 އަހަރުގެ އެލެކްޒެންޑަރ ވަނީ އޭނާ ކޮވިޑަށް ފައްސިވެފައިވާކަން އާއްމުކޮށް އަންގާ އިއުލާނު ކޮށްފައެވެ.

މީގެ ދެ ހަފްތާ ފަހުން އެޤައުމުގެ ރިޔާސީ އިންތިހާބު އޮތް އިރު، ރައްޔިތުންނާއި މުޙާތަބު ކުރައްވާ ވާހަކަ ދައްކަވަމުން އެލެކްޒެންޑަރ ވިދާޅުވީ އޭނާ ކޮވިޑަށް ފައްސި ވެފައިވީ ނަމަވެސް، ބަލީގެ އެއްވެސް އަލާމާތެއް ފެނިފައި ނުވާ ކަމަށެވެ.

ކޮވިޑް-19 ޖެހިގެން ބެލަރޫސް އިން 500 އަށްވުރެ ގިނަ މީހުން ވަނީ ފައްސިވެފައެވެ.

އޮގަސްޓް 9 ވަނަ ދުވަހު އެޤައުމުގެ ރިޔާސީ އިންތިހާބު ބޭއްބުމަށް ހަމަޖެހިފައިވާއިރު، ކޮވިޑްގެ ހާލަތާއި ގުޅިގެން ރައީސް އެލެކްޒެންޑަރ އެދެވިގެންވާ ފިޔަވަޅެއް ނާޅާ ކަމަށް ބުނެ އެޤައުމުގެ ރައްޔިތުން އަންނަނީ ހިތްހަމަ ނުޖެހުން ފާޅު ކުރަމުންނެވެ.

ބެލަރޫސްގެ ރައީސް ވަނީ ރިޔާސީ އިންތިހާބުގައި އެމަނިކުފާނާއި ވާދަ ކުރައްވާ ދެ ކެންޑިޑޭޓުން ވެސް ޖަލަށްލާފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!