ޚަބަރު

މިއަދު ނިންމި ނިންމުމަކީ ތާރީޚީ ނިންމުމެއް، ތާރީހީ މިސާލެއް: މުޢިއްޒު

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން
ޑރ.މުޙައްމަދު މުޢިއްޒު --ދެން އިމޭޖްސް

މާލޭގެ ރައްޔިތުން މިއަދު ނިންމި ނިންމުމަކީ ތާރީހީ ނިންމުމެއް ކަމަށާއި ދެއްކެވީ ތާރީހީ މިސާލެއް ކަމަށް މާލޭ ސިޓީ މޭޔަރު ކަމަށް އިންތިޚާބުވެ ވަޑައިގެންނެވި ޕީޕީއެމްގެ ކެނޑިޑޭޓް މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by MWSC

ޕީޕީއެމްއަށް ލިބުނު ކާމިޔާބީ ފާހަގަ ކުރުމަށް ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޑރ.މުޢިއްޒު ވިދާޅުވީ މާލޭގެ ރައްޔިތުން ހަވާލު ކުރެއްވީ އަމާނާތެއް ކަމަށާއި ޒިންމާއެއް ކަމަށެވެ. އަދި އެ ޒިންމާ ފުރިހަމަކަމާއެކު އަދާ ކުރައްވާނެ ކަމުގެ ޔަގީންކަން އަރުވާ ކަމުގައި ވެސް މުޢިއްޒު ވިދާޅުވިއެވެ.

އިތުރަށް މުޢިއްޒު ވިދާޅުވީ އޭނާ މަސައްކަތް ކުރައްވާނީ ޕީޕީއެމްގެ ޓިކެޓުގައި މާލޭގެ ކައުންސިލަށް އިންތިޚާބުވީ ކެނޑިޑޭޓުންނާއި އަދި އެހެން ޕާޓީތަކުގެ ޓިކެޓުގައި ވެސް އިންތިޚާބުވެ ވަޑައިގެން ކެނޑިޑޭޓުންނާ ވެސް އެކުގައި ކަމަށެވެ. އަދި މަސައްކަތް ކުރައްވާނީ ސަރުކާރާއެކު ރައްޔިތުންނަށް ޓަކައި ކަމުގައި ވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

މުޢިއްޒު އިތުރަށް ވިދާޅުވީ އިސް ކުރަންވީ އަމިއްލަ އެޖެންޑާއެއް ނޫން ކަމަށާއި، ގައުމީ އެޖެންޑާ ކަމަށެވެ. އަދި އެ އެޖެންޑާ އަކީ ދީނާއި ގައުމު ހިމާޔަތްކޮށް ގައުމު ތަރައްގީ ކުރުމުގެ އެޖެންޑާ ކަމުގައި އޭނާ ވިދާޅުވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!