ޚަބަރު

އެމްއެމްޕީއާރުސީގެ ފައިސާއެއް އެއްވެސް ސިފައެއްގައި ލިބިފައެއް ނުވޭ: އަބްދުﷲ ދީދީ

ދެން އެމްވީ ، ދެން އޮންލައިން

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ އެއްވެސް ސިފައެއްގައި ލިބިވަޑައިގެންފައި ނުވާ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

Ads by STELCO

ދީދީ މިހެން ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާއިން އޭނާ ތުންފަތުގެ އޮޕަރޭޝަނެއް ކުރެއްވި ކަމަށް ރާއްޖެއެމްވީގައި ގެނެސްދީފައިވާ ހަބަރު ދޮގު ކުރައްވާ ކުރެއްވި ޓްވީޓެއްގައެވެ.

އެމްއެމްޕީއާރްސީ މައްސަލައިގެ ތަހުގީގުގައި މަސައްކަތް ކުރައްވާ ބޭފުޅަކާ ހަވާލާދީ ރާއްޖެއެމްވީގެ އެ ހަބަރުގައި ބުނެފައިވަނީ، ކުރީގެ އުއްތަމަ ފަނޑިޔާރެއްގެ ތުންފަތުގެ އޮޕަރޭޝަނެއް ކުރުމަށް ބޮޑު ހިޔާނާތުގެ ފައިސާ ބޭނުންކޮށްފައިވާ ކަމަށެވެ. އެގޮތުން ހިޔާނާތުގެ ފައިސާ ލޯންޑާ ކުރުމުގައި ބައިވެރިވިކަމުގެ ތުހުމަތު ކުރެވިފައިވާ މީހެއްގެ ހަވާލުގައި އެ އުއްތަމަ ފަނޑިޔާރަށް ގާތްގަނޑަކަށް ތިން ލައްކަ ރުފިޔާ ދީފައިވާ ކަމަށް އެ ހަބަރުގައި ރިޕޯޓްކޮށްފައިވެ އެވެ.

މިކަމާ ގުޅިގެން ދީދީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރުސީގެ ފައިސާއެއް އެއްވެސް ސިފައެއްގައި ލިބިވަޑައިގެންފައި ނުވާ ކަމަށާއި އަދި އެއްވެސް ކަހަލަ ސާޖަރީއެއް މިހާތަނަށް ހަދަން ޖެހިފައި ނުވާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!