ޚަބަރު

އިތުރު ދެ މީހަކު ހިމަބިއްސަށް ޕޮޒިޓިވް ވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ހިމަބިއްސަށް އިތުރު ދެ މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފިއެވެ.

Ads by Sosun Fihaara

އެޗްޕީއޭ އިން ބުނީ ހިމަބިއްސަށް މިއަދު 9 ފަރާތެއް ޓެސްޓުކޮށްފައިވާ ކަމަށާއި އޭގެތެރެއިން ދެ މީހަކު މި ބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ. ނަމަވެސް ޕޮޒިޓިވް ވެފައި ވަނީ ކޮން އުމުރެއްގެ އަދި ކޮން ޖިންސެއްގެ ބައެއް ކަމެއް އެޗްޕީއޭ އިން ހާމަކޮށްފައެއް ނުވެއެވެ.

އަދި އިއްޔެ ވެސް ހިމަބިއްސަށް 9 ފަރާތެއް ޓެސްޓުކޮށްފައިވާ ކަމަށާއި ނަމަވެސް އިއްޔެ ޓެސްޓުކުރި އެއްވެސް ފަރާތެއް ހިމަބިއްސަށް ޕޮސިޓިވްވެފައި ނުވާ ކަމަށް އެޗްޕީއޭ އިން ހާމަކުރެއެވެ.

މިއަދު ޕޮޒިޓިވްވި ދެ މީހުންނާއެކު މިހާތަނަށް ހަ މީހަކު ވަނީ ހިމަބިއްސަށް ޕޮޒިޓިވް ވެފަ އެވެ.

ރާއްޖެ އިން ނައްތާލާފައިވާ ހިމަބިހި އަނެއްކާވެސް ރާއްޖޭގައި ފެތުރެން ފަށާފައިވާކަން ހެލްތް މިނިސްޓްރީން އިއުލާންކޮށްފައިވަނީ މިދިޔަ ހަފްތާގެ ހޯމަ ދުވަހުއެވެ.

އެޗްޕީއޭ އިން ވަނީ ހިމަބިހި ފަދަ ބަލިތަކުން ރައްކާތެރިވުމަށް ވެކްސިން ޖަހަން އޮންނަ މުއްދަތުގައި ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމަށް ސަމާލުކަން ދިނުމަށް އިލްތިމާސްކޮށްފައެވެ. އަދި އެއްވެސް ސަބަބަކާއި ހުރެ ވެކްސިން ދޭންޖެހޭ މުއްދަތުގައި ވެކްސިން ނުދެވުނު ނަމަވެސް، ވީ އެންމެ އަވަހަކަށް ވެކްސިން ދޭ މަރުކަޒަކަށް ގޮސް، ވެކްސިންގެ ޑޯޒު ފުރިހަމަ ކުރުމަށް ވެސް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!