ޚަބަރު

ބްރިޖު މަތީ އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ

ދެން އެމްވީ ، ދެން އޮންލައިން

ސިނަމާލެ ބްރިޖު މަތީ މިރޭ އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ އެވެ.

Ads by MWSC

ފުލުހުން ބުނީ މިރޭ 7:15 ހާއިރު ހިނގި މި އެކްސިޑެންޓު ހިނގާފައި ވަނީ ޓްރެފިކް ލައިޓުގައި މަޑުކޮށްގެން އޮތް ކާރެއް ނައްޓާލި ވަގުތު ފަހަތުން އައި ސަކަލަކުން ޖެހިގެން ކަމަށެވެ. އެ ހާދިސާގައި ފަހަތުން އައި ސައިކަލު ދުއްވަން އިން ވެއްޓި އަނިޔާވި އެވެ.

އެކްސިޑެންޓުވި ގޮތައް އަންހެން މީހާ ބިންމަތީ ވެއްޓިފައި އޮތްތާ 20 އަކަށް މިނެޓު ފަހުން އެމްބިއުލެންސް އައިސް އޭނާ ނަގައިގެން ގެންގޮސްފި އެވެ.

ފުލުހުން ބުނީ ސައިކަލު ދުއްވަން އިން 27 އަހަރުގެ އަންހެން މީހާއަށް އައިޖީއެމްއެޗް ގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!