ޚަބަރު

ރޯދަމަހު ޕޭޖުތަކުން ގެނެސްދޭ ކުއިޒް ސުވާލުތަކުގެ ޖަވާބު ހޯއްދެވުމަށް މެސެޖު ނުކުރެއްވުން އެދެން: ޝެއިޚް ޝަފީޢު

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރޯދަމަހު އެކިއެކި ޕޭޖުތަކުން ގެނެސްދޭ ކުއިޒްތަކުގެ ސުވާލުތަކަށް ޖަވާބު ހޯއްދެވުމަށް ޝެއިޚް ޝަފީޢު ޢަބްދުﷲ އަށް މެސެޖު ނުކުރެއްވުމަށް އެމަނިކުފާނު އެދިލައްވައިފިއެވެ.

Ads by Sosun Fihaara

ޝެއިޚް ޝަފީޢު އެހެން އެދިލެއްވީ މިރޭ ކުރެއްވި ޓްވީޓެއްގައެވެ.

"މިފަދަ ރޯދަމަހެއްގައި އެ ހުރިހާ ކުއިޒު ސުވާލުތަކެއްގެ ޖަވާބު އެކިއެކި ބޭފުޅުންނަށް ދީ ދީ ހުރުމަކީ ވަރަށް ދަތި ކަމަކަށް ނޫނީ ނުވާނެ" ޝެއިޚް ޝަފީޢު ވިދާޅުވިއެވެ.

ޝެއިޚް ޝަފީޢު މީގެ އިތުރުން ވިދާޅުވީ އެމީހެއްގެ އަމިއްލަ ދިރިއުޅުމާ ގުޅުން ހުރި، އަޅުކަމާ ގުޅުން ހުރި ކަމެއްގެ ސުވާލު ނޫނީ ނުކުރެއްވުމަށް އެދިލައްވާ ކަމަށެވެ.

ޝެއިޚް ޝަފީޢުގެ އެ ވާހަކަތަކަށް އެއްބަސްވެ ވަޑައިގެން މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޑރ. މުޙައްމަދު އިޔާޒް ޢަބްދުއްލަތީފް ވިދާޅުވީ ކުއިޒް މުބާރާތްތަކުގެ ސުވާލުތަަކަށް ޖަވާބު ހޯދަން ވާނީ އަމިއްލައަށް ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!