ގޭންގަކުން 17 އަހަރުގެ ކުއްޖަކު ރޭޕްކޮށްފި
ރާއްޖޭގެ އުތުރުގެ ރަށެއްގައި ތިން މީހުންގެ ގޭންގަކުން 17 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށްފިއެވެ.
ފުލުހުން ބުނީ ބުދަ ދުވަހުގެ ރޭ ނޯތް ސެންޓްރަލް ޕޮލިސް ޑިވިޝަންގެ ރަށެއްގައި ތިން ފިރިހެނުންގެ ގްރޫޕަކުން ވެގެން 17 އަހަރުގެ އަންހެން ކުއްޖަކު ރޭޕް ކޮށްފައިވާކަމަށެވެ.
އެ މައްސަލަ ބްރާސްފަތި ދުވަހުގެ ރޭ ފުލުހަށް ހުށަހަޅާފައިވާކަމަށް ވެސް ފުލުހުން ބުންޏެވެ. މި މައްސަލާގައި އަދި މީހަކު ހައްޔަރު ނުކުރާ ކަމަށް ވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި މައްސަލަ ފުލުހުން ތަހުގީގު ކުރަމުން ދާ ކަމަށެވެ.
Ads by Allied Insurance