ޚަބަރު

ކައިބާންއަށް އޮސްޓްރޭލިއާއިން ވިސާ ހަމަޖައްސައިދީފި

ދެން އެމްވީ ، ދެން އޮންލައިން

ވިސާގެ މައްސަލައެއްގައި އޮސްޓްރޭލިއާއިން ޑީޕޯޓް ކޮށްލަން ކަނޑައެޅި ތިން އަހަރުގެ ދިވެހި ފިރިހެން ކުއްޖާ، ކައިބާން ޖަމްޝާދަށް ވިސާ ހަމަޖައްސައިދީފި އެވެ.

Ads by STELCO

ކައިބާން އަށް ވިސާ ހަމަޖައްސައިދީފައި މިވަނީ އޮސްޓްރޭލިއާގެ ޑިޕާޓްމެންޓް އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑްގެ ޑެޕިއުޓީ ސެކްރެޓަރީ ރިޗަޑް މޯޑްއާ ބައްދަލުކުރައްވާ ކައިބާން އަށް ވިސާ ހަމަޖައްސައިދިނުމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެދިވަޑައިގެންފައިވަނިކޮށެވެ.

ޝާހިދު މިއަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ކައިބާން އަށް ވިސާ ހަމަޖައްސައިދީފައިވާތީ އޮސްޓްރޭލިއާގެ ފޮރިން މިނިސްޓަރާ އަދި އެ ގައުމުގެ ސަރުކާރަށް ޝުކުރު އަދާކުރާ ކަމަށެވެ. އަދި އުންމީދަކީ ކައިބާންއަށް ހެޔޮ ގޮތްތައް މެދުވެރިވުން ކަމަށް ވިދާޅުވެ އޮސްޓްރޭލިއާއިން ފަރުވާ ލިބޭނެ މަގު ތަނަވަސް ވެެގެން ދިއުން ކަމަށް ވިދާޅުވިއެވެ.

ކައިބާން ޖަމްޝާދަކީ ހީމޯފީލިއާގެ ސަބަބުން ލޭ ގަނޑުވުމުގެ މައްސަލަތަކަކާއި ވިހެއުމުގައި ވެސް ސިކުނޑިއަށް ގެއްލުންތަކެއް ލިބިފައިވާ ކުއްޖެކެވެ. އޮސްޓްރޭލިއާއަށް އުފަން ކައިބާންއަށް ވިސާ ނުދީ ޑިޕޯޓް ކުރަނީ އޮސްޓްރޭލިއާގެ ސަރުކާރުގެ ޚަރަދުގައި ކައިބާންއަށް ބޭސްފަރުވާ ކުރާނަމަ ބޮޑު ޚަރަދެއް އެ ގައުމުން ކުރަން ޖެހޭ ކަމެއް ބުނެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!