ޚަބަރު

ފުނަދޫ އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖައްސައިފި

ދެން އެމްވީ ، ދެން އޮންލައިން

ށ. ފުނަދޫގައި ތަރައްގީ ކޮށްފައިވާ ޑޮމެސްޓިކް އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖައްސައިފިއެވެ.

Ads by Sosun Fihaara

މިއަދު ހެނދުނު 8:10 ގައި ފުނަދޫ އެއާޕޯޓަށް ޖެއްސި މި ފްލައިޓުގައި ދަތުރުކޮށްފައިވަނީ ސިވިލް އޭވިއޭޝަން އޮތޯރިޓީ އާއި ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްވެރިންނެވެ. މިއީ އެއާޕޯޓު ހުޅުވުމުގެ ގޮތުން ހަދަން ޖެހޭ އެންމެ ފަހުގެ އިންސްޕެކްޝަން ހަދަން އެ ރަށަށް ދިޔަ ފްލައިޓެކެވެ.

ރަސްމީކޮށް މޯލްޑިވިއަންގެ ދަތުރުތައް ފުނަދޫއަށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު އެވެ.

ފުނަދޫ އެއާޕޯޓުގެ ރަންވޭގެ ދިގުމިނުގައި 1،200 މީޓަރު އަދި ފުޅާމިނުގައި 30 މީޓަރު ހުރެ އެވެ. ޓެކްސީވޭގައި 90 މީޓަރު ހުންނައިރު، އޭޕްރަންގެ ފުޅާމިނަކީ 50 މީޓަރެވެ. އެ އެއާޕޯޓުގެ އޭޕްރަންގެ ދިގު މިނަކީ 150 މީޓަރެވެ.

މި އެއާޕޯޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހަދަންފެށި އެއާޕޯޓެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!