ރިޕޯޓް

ރޯދަ މަހެއް އެހެން މަހެއް ބެލުމެއް ނެތް، މިސްކިތުން ވަގަށް ނެގީ ފައިވާން!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

އަސްރު ނަމާދުން ފައިބައިގެން ގެއަށް ދިޔަ މަގުމަތީގައި ފޯން ކޯލެއް އައެވެ. ނުދަންނަ ނަންބަރަކުންނެވެ. ފޯނު ނެގުމާއެކު ބުނީ ވަރަށް ބޮޑު ކަމެއް ކޮށްދޭން ވެއްޖެ ކަމަށެވެ. އަޑުން ވެސް އެއީ ކާކުކަން ނަގައިގަނެވުނެވެ. އެއީ ވަރަށް ގާތް ރަހުމަތްތެރިއެކެވެ. ކޮށްދޭންވީ ކޮންކަމެއް ތޯ އެހުމުން ބުނީ ހަބަރެއް ޖަހައިދޭން ވެއްޖެ ކަމަށެވެ. އަހަރެން އެހީމެވެ. ކޮން ހަބަރެއް ތޯއެވެ.

Ads by Sosun Fihaara

އޭނާ ކިޔައިިދިނެވެ. ރަމަޟާން މަހަކީ ބަރަކާތްތެރި މައްސަރެއް ނޫން ހެއްޔެވެ. މި މަހަކީ އަޅުކަމުގެ މައްސަރެއް ނޫން ހެއްޔެވެ. މި މަހަކީ ނުބައި ވެގެންވާ އެންމެހާ ކަންކަމުން ދުރުވެ ހެޔޮ އަމަލު ކުރުމުގައި މަޝްއޫލް ވާންވީ މައްސަރެއް ނޫން ހެއްޔެވެ. މި މަހުގައި ކުށްތަކަށް އަރައިގަންނަ މީހުންގެ އަދަދު މަދުވެ އެއް ނޫން ހެއްޔެވެ. އަހަރެން "އާން ހޫން" ކިޔާލަ ކިޔާލަ އިނީމެވެ. އަދި ބުނީމެވެ. އަދިވެސް ވީގޮތެއް ނުބުނަމެއް ނޫން ހެއްޔެވެ.

އަހަރެމެންގެ ތެރޭގައި މިއަދު ވައްކަން އާންމު ވެފައިވާ މިންވަރު ވިސްނާލަބަލާށެވެ. ރަމަޟާން މަހު އަސްރު ނަމާދުން އޭނާގެ ފައިވާން ވަަގަށް ނެގީއެވެ. މިއީ މިހާރު ވަރަށް އާންމު ކަމަކަށް ވެއްޖެއެވެ. ބައެއް މިސްކިތްތަކުން އަބަދު އަބަދު ފައިވާން ގެއްލެއެވެ. ހީވާ ގޮތުގައި ވައްކަން އެ ކުރާ ބަޔަކަށް މިސްކިތަކީ ފައިވާން ފިހާރައެކެވެ. އަދި ﷲގެ ގެކޮޅުގައި އެފަދަ ނުބައި އަމަލަކަށް އަރައިގަތުމަށް އެމީހުން ބިރުވެތި ވެސް ނުވަނީއެވެ.

މިއީ ބަރަކާތްތެރި ރަމަޟާން މަހެވެ. މި މަހުގައި މިފަދަ ކަންކަން މަދުވާނެ ކަމަށް އަހަރެން ހީކުރީމެވެ. އެހެން ނަމަވެސް މިފަދަ ކަންކަން މަދުން ނަމަވެސް މުޖުތަމައުއިން ފެންނަނީ، މުޖުތަމައުގައި އުޅޭ ފީކަޅާ، ވިޔާނުދާ ބައެއް މީހުންގެ ސަބަބުންނެވެ. ފައިވާނެއް ވަގަށް ނަގާކަށް، މީހަކަށް ހަމަލާ ދޭކަށް ނުވަތަ އެހެން ކަމެއް ކުރާކަށް އެމީހުންނަށް ރޯދަ މަހެއް އެހެން މަހެއް ނޯންނާނެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!