ޚަބަރު

ގާޒީ ސްކޫލްގެ 33 ދަރިވަރުން ވެކްސިން ނުޖަހާ!

ދެން އެމްވީ ، ދެން އޮންލައިން

ހުޅުމާލޭގައި ހުންނަ ގާޒީ ސްކޫލްގެ 33 ކުއްޖަކު ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައި ނުވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

Ads by STELCO

އެޗްޕީއޭ އިން ނެރުނު ބަޔާނެއްގައި ބުނީ، އިއްޔެ ހިމަބިއްސަށް ޓެސްޓުކުރި ފަރާތްތަކުގެ ތެރެއިން ދެ މީހަކު އެބައްޔަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި އޭގެ ތެރެއިން އެއް ކުއްޖަކީ ގާޒީ ސުކޫލުގައި ތައުލީމު ހާސިލް ކުރަމުން އަންނަ ދަރިވަރެއް ކަމަށެވެ.

އެެގޮތުން އެ ސުކޫލުގައި ތައުލީމު ހާސިލްކުރަމުންދާ ދަރިވަރުންގެ ތެރެއިން 33 ދަރިވަރުންނަކީ މީސަލްސް ވެކްސިންގެ ޑޯޒު ފުރިހަމަ ނުކުރާ ކުދިން ކަމަށްވެސް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ ބަލިޖެހިފައިވާ ފަރާތެއް ފެނުމުން މިހާރުވެސް އެ ސަރަހައްދެއްގައި އަމަލުކުރަމުން އަންނަ ގޮތަށް މައުލޫމާތު ދިނުމާއި އިތުރަށް ދެނެގަތުމާއި އަދި ފުރިހަމަ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށެވެ.

އަދި ހިމަބިހީގެ ވެކްސިން ޑޯޒުތައް ފުރިހަމަ ނުކުރާ ފަރާތްތަކުން ވީހާވެސް އަވަހަކަށް ވެކްސިންގެ ޑޯޒުތައް ފުރިހަމަ ކުރުމަށް އެޗްޕީއޭ އިން ވަނީ އެދިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!