ގދ.ތިނަދޫގެ 15 ހައުސިން ޔުނިޓް ލިބުނު ފަރާތްތައް އިޢުލާންކޮށްފި

ގދ.ތިނަދޫގައި އިމާރާތްކުރި ހައުސިން ޔުނިޓްތަކުގެ ތެރެއިން ދޫނުކޮށް ހުރި 15 ޔުނިޓު ލިބުނު ފަރާތްތަކުގެ ދާއިމީ ލިސްޓް އާއްމުކޮށްފިއެވެ.
ސަރުކާރުގެ ގެދޮރުވެރިކަމުގެ ޕްރޮގްރާމްގެ ދަށުން އެ ރަށުގައި އެޅި 120 ހައުސިން ޔުނިޓްގެ ތެރޭގައި ހިމެނޭ މި ފްލެޓްތަކުގެ ތެރޭގައި ހިމެނެނީ "އޭ" ކެޓެގަރީގެ 80 ފްލެޓެވެ. އަދި "ބީ" ކެޓަގަރީގައި ހިމެނެނީ 25 ފްލެޓެވެ. އަދި "ސީ" ކެޓަގަރީގައި ހިމެނެނީ 15 ފްލެޓެވެ.
މި ފްލެޓްތަކަށް އެދުމުގެ ފުރުޞަތު ހުޅުވައިލައިފައި ވަނީ ތިނަދޫ ރަށްވެހިންގެ ތެރެއިން ރާއްޖޭގެ އެއްވެސް ރަށެއްގައި 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް ނުވަތަ ބޯހިޔާވަހިކަމެއް ނެތް މީހުންނަށެވެ.
ގެދޮރުވެރިކުރުމުގެ މި މަޝްރޫއުގެ ދަށުން ގދ.ތިނަދޫގައި އިމާރާތް ކުރި 120 ފްލެޓްގެ ތެރޭގައި ހިމެނެނީ "އޭ" ކެޓެގަރީގެ 80 ފްލެޓެވެ. އަދި "ބީ" ކެޓަގަރީގައި ހިމެނެނީ 25 ފްލެޓެވެ. އަދި "ސީ" ކެޓަގަރީގައި ހިމެނެނީ 15 ފްލެޓެވެ.