ޚަބަރު

ޝަހިންދާއަށް މަރުގެ އިންޒާރު ދިން ކަމަށް ބުނާ ޒުވާނާއަށް ދައުވާ އުފުލައިފި

ދެން އެމްވީ ، ދެން އޮންލައިން

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ އެގްޒެކެޓިވް ޑިރެކްޓަރ ޝަހިންދާ އިސްމާއިލް އަށް އިންޒާރުދިން ކަމަށް ބުނެ ހައްޔަރުކުރި ޒުވާނާގެ މައްޗަށް ދައުވާ އުފުލައިފިއެވެ.

Ads by STELCO

ޝަހިންދާ އަށް އިންޒާރުދިން ދީފައިވަނީ ޏ، ފުވައްމުލައް ހޯދަނޑު އަލީ ރަވާއު މުހައްމަދު އިބްރާހިމްއެވެ. އޭނާގެ މައްޗަށް ކޮށްފައި ވަނީ ބިރުދެއްކުމުގެ ދައުވާއެވެ.

އޭނާގެ މައްޗަށް ބިރުދެއްކުމުގެ ދައުވާ އުފުލާފައި ވަނީ، ޝަހިންދާގެ ވީޑިއޯ އެއް ރީޓްވީޓު ކުރަމުން "... މަރާލަން ފަހެއް ނުޖެހޭނެ" ކަމަށް ބުނުމުންނެވެ. ނަމަވެސް އޭނާގެ ޓްވީޓުގައި އެއްވެސް މީހެއްގެ ނަމެއް ޖަހާފައެއް ނުވެއެވެ.

އެމައްސަލައިގެ ޝަރީޢަތް ފަށަން މިހާރު ވަނީ ތާވަލް ކޮށްފައެވެ. އެ އަޑުއެހުން އޮތީ އަންނަ ހޯމަ ދުވަހުގެ 10:45 އަށް ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގައެވެ.

އެ މައްސަލާގައި ރަވާއު ހައްޔަރުވެސް ކުރިއެވެ. އޭނާ ހައްޔަރުކޮށްފައި ވަނީ އޮކްޓޯބަރު 26 ވަނަ ދުވަހުއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!