ލައިފްސްޓައިލް

ދޮންކެޔޮ ފީވާތީ ދެން އުޅޭކަށް ނުޖެހޭނެ، ހައްލު މިއޮތީ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދޮންކެޔޮ އަވަހަށް ފީވުމަކީ ގިނަ ބަޔަކު ކަންބޮޑުވާ މައްސަލައެކެވެ. ދޮންކެޔޮ ގަނެގެން ގެންނަތާ މާ ގިނަ ދުވަހެއް ނުވަނީސް ދޮންކެޔޮ ފީވުމުން ގިނަ ބަޔަކު ކާ ހިތް ކެނޑެއެވެ. ނަމަވެސް ދޮންކެޔޮ ތާޒާ ކަންމަތީ ބެހެއްޓުމަށް ކުރެވިދާނެ ބައިވަރު ކަންތައްތައް ވެއެވެ. އެގޮތުން މި ލިޔުމުގައި މި ބަލާލަނީ ދޮންކެޔޮ ތާޒާކަންމަތީ ބެހެއްޓުމަށް ކުރެވިދާނެ ހަތަރު ކަމަކަށެވެ.

Ads by STELCO

ދޮންކެޔޮ އެލުވާފައި ބެހެއްޓުން

ދޮންކެޔޮ އެލުވާފައި ބެހެއްޓުމުން ދޮންކެޔޮ ފީނުވެ ގިނަ ދުވަހަށް ބޭނުން ކުރެވޭނެއެވެ. ބައެއް ގޭގޭގައި މިގޮތަށް ދޮންކެޔޮ އެލުވާފައި ހުންނަތަން ފެންނާނެއެވެ. ސަބަބަކީ ނިރުން ދޮންކެޔޮގަނޑު ކަނޑައިލުމާއެކު އޭގައި އެކުލެވޭ އެތީލެން ގޭސް ބޭރުވާތީއެވެ. ނަމަވެސް ދޮންކެޔޮ އެލުވާފައި ބެހެއްޓުމުން މި ގޭސްތައް ބޭރުވާލެއް ލަސްވާނެއެވެ. އޭގެ ސަބަބުން ދޮންކެޔޮ ގިނަ ދުވަހަށް ހަލާކުނުވެ ހުންނަން ފުރުސަތު ބޮޑުވެއެވެ.

ޅަ ދޮންކެޔޮ އިޚްތިޔާރުކުރުން

ގިނަ ދުވަހަށް ބޭނުންކުރަން ގަންނަ ނަމަ އެންމެ ރަނގަޅު ގޮތަކީ ޅަ ދޮންކެޔޮ ގަތުމެވެ. އެގޮތުން މާރުކޭޓު ތަކުން ގަންނަ ފަރާތްތަކަށް މިގޮތަށް ދޮންކެޔޮ ގަނެވިދާނެއެވެ. ދޮންވެފައިވާ ދޮންކެޔޮ މީރެވެ. ބަލާލަން ވެސް ނުހަނު ރީއްޗެވެ. ނަމަވެސް އެއް ދުވަސް ނުވަތަ ދެ ދުވަސް ތެރޭގައި ދޮންވެފައިވާ ދޮންކެޔޮ ފީވާން ފަށައެވެ. އެހެންކަމުން ޅަ ދޮންކެޔޮ ގަންނާށެވެ. އޭރުން ދޮންވާލެއް ލަސްވެފައި ފީވުން ކުޑަވާނެއެވެ. އަދި އިސްރާފުކޮށް އުކާލާކަށް ވެސް ނުޖެހޭނެއެވެ.

ދޮންކެޔޮ ޕްލާސްޓިކް ފޮއިލްގައި ބަންދުކުރުން

ކުރިން ވެސް ބުނެވުނު ގޮތަށް ދޮންކޭލުގައި ގޭސް ބޭރުވުމަކީ ދޮންކެޔޮ ފީ ވުމަށް މެދުވެރިވާ މައިގަނޑު ސަބަބެވެ. މިކަމަށް ވެސް ހައްލެއް އެބައޮތެވެ. އެގޮތުން މި ގޭސްތައް ބޭރުވާގޮތް ލަސްކުރުމަށްޓަކައި ދޮންކޭލުގައި ޕްލާސްޓިކް ފޮއިލް އަޅާށެވެ. އަދި އެންމެ ރަނަގަޅު ގޮތަކީ ދޮންކެޔޮތައް ވަކި ވަކިން ފޮއިލްގައި ބަންދުކުރުމެވެ.

ދޮންކެޔޮ ފްރިޖުގައި ބެހެއްޓުން

ކެޔޮ ދޮންވާން ފެށުމުން ފްރިޖުގައި ބަހައްޓާށެވެ. މިއީ ވެސް ދޮންކެޔޮ ފީވުމުން ދުރުކޮށްދޭނޭ ކަމެކެވެ. ނަމަވެސް ޅަ ދޮންކެޔޮ ފްރިޖުގައި ބެހެއްޓުމަކީ ރަނގަޅު ގޮތެއް ނޫނެވެ. -

Ads by HDC
  1. ދޮންކެޔޮ ފްރިޖް ގަ ބެހެއްޓީމަ އޭގަ ހުންނަ ހުރިހާ ކާއެއްޗެއްގަ އަދި ފެނުގަވެސް ހުންނާނީ ދޮންކެޔޮ ރަހަ ހިފާފަ (ތަޖްރިބާ)
    ދެން ޅަދޮންކެޔޮ ގަންނަ ވާހަކަ ދޮންކެޔޮ ގަންނަނީ އެވަގުތުވެސް
    ކާން ބޭނުންވާތީ ، ޅަކެޔޮ ކާނީ ކހިނެއް. ޕްލާސްޓިކް ފޮއިލް އޯކޭ

    • ޙަގަޒ ީ

      ޅަދޮންކެޔޮ މީ ހުންނައެއްޗެއްތަ؟؟

  2. ވާނުވާ

    މީގަ ނެތް އާ ވާހަކައެއް. ހީވީ ވަރަށް ފޭރަން ހެޔޮ ލިޔުމެއްކަމަށް

  3. ކެޔޮ

    ތިޔަ ކިޔައި ދިނީީ ފަތްކެޔޮ ވާހަކަ ޅަދޮންކޭލެކޭ ނުކިޔާނެ

  4. އަހަރެން

    މަ ހީކުރީ ކޮންމެވެސް އާ ކަމެއް އެގޭނެ ކަމަށް، ކިޔާ ނިމުނު އިރުވެސް ހަރާމުން ހަރާން

  5. ނޫޅެން

    ޙަޔާތުން 10 ސިކުންތު އެވީ ބޭކާރު މިކިޔަން ހަދައިގެން.