ބުރުނީން ސިހުރު ހަދަން ބޭނުންކުރާ ފޮތްތަކެއް ހޯދައިފި
ތ. ބުރުނީގައި މިއަދު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ތިންގެއެއް ބަލައި ފާސްކޮށް ސިހުރުހަދަން ގެންގުޅޭކަމަށް ބެލެވޭ ފޮތްތަކެއް ހޯދައިފިއެވެ.
ފުލުހުންގެ އޮފިޝަލަކު ވިދާޅުވީ ބުރުނީގައި ހުރި ގެއެއްގައި ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ ފޮތާއި އަދި ސިހުރު ހާހޫރަ ހެދުމަށް ބޭނުންކުރާ ބައެއް އާލާތްތައް ހުރި ކަމަށް ތުހުމަތު ކުރެވިގެން ކޯޓު އަމުރެއްގެ ދަށުން މިއަދު ގެއެއް ބަލައިފާސްކުރި ކަމަށެވެ.
އެގޮތުން އެގެ ބަލައިފާސްކުރިއިރު ސިހުރު ހާހޫރަ ހަދަން ބޭނުންކުރާ ކަމަށް ބެލެވޭ ފޮތްތަކެއް ފެނިފައިވާ ކަމަށާއި މި ފޮތްތައް މިހާރު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިނުވާއިރު، ފުލުހުން އަންނަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.