ޚަބަރު

ފެނަކައިގެ ކުރީގެ އެމްޑީ ނިމާލް މާލެ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލައްވަނީ

ދެން އެމްވީ ، ދެން އޮންލައިން

ފެނަކައިގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި ޕީއެންސީގެ ނައިބް ރައީސް މުޙައްމަަދު ނިމާލް މާލެ އަތޮޅު ކައުންސިލްގެ ރައީސް ކަމަށް ކުރިމަތިލަންވަން ނިންމަވައިފިއެވެ.

Ads by MWSC

"ދެން" އަށް މައުލޫމާތު ލިބިފައިވާ މިދިޔަ ހަފްތާގައި ނިމާލް ވަނީ މާލެ އަތޮޅުގެ ހުރިހާ ރަށަކަށް ދަތުރުކުރައްވާ ތާއީދު ހޯދުމުގެ މަސައްކަތް ކުރައްވާފައެވެ.

ނިމާލް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކާށިދޫ ކަނޑުން ނަގަމުންދިޔަ ބިޔަ ބާނިތަކުން ކިޔައިދިން ވާހަކަތަކުގެ އަޑުއިވި، ގުރައިދޫގެ ހިތްގައިމު ގޮނޑުދޮށަށް ބީއްސަމުން ދިޔަ ރާޅުތަކުގެ ރީތިކަން ފެނިއްޖެ ކަމަށެވެ.

"ކާށިދޫ އާއި ގުރައިދޫއާ ދެމެދު ދިރިއުޅޭ ރައްޔިތުން. މީ މަގޭ ރާއްޖެއާ ދިމާލަށް." ނިމާލްގެ ޕޯސްޓަރެއް ޓްވީޓްކުރައްވާ ވިދާޅުވިއެވެ.

ނިމާލް އަކީ ރައީސް ޔާމީންގެ ވެރިކަމުގައި ފެނަކައިގެ އެމްޑީގެ މަގާމުގެ އިތުރުން ސިޔާސީ އެތައް މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ އެންމެ ބޮޑަށް ފާހަގަކުރެވިފައި ވަނީ ޔާމީންގެ ވެރިކަމުގައި މުހިންމު އެއް މަސައްކަތް ކަމުގައިވާ "24 ގަޑިއިރު ކަރަންޓު ޔަގީން" މަޝްރޫއު ހިންގެވި ބޭފުޅާގެ ގޮތުގައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!