ކެނަރީފް ރިސޯޓްގައި ޓޫރިސްޓަކު މަރުވެފައި އޮއްވައި ފެނިއްޖެ
އައްޑޫގައި ހިންގާ ކެނަރީފް ރިސޯޓްގައި ޓޫރިސްޓަކު މަރުވެފައި އޮއްވައި ފެނިއްޖެ އެވެ.
ފުލުހުން ބުނީ ކެނަރީފް ރިސޯޓުގައި އުމުރުން 62 އަހަރުގެ އިޓަލީގެ ފަތުރުވެރިޔަކު މަރުވެފައިވާ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހެނދުނުގެ 7:08 ހާއިރު ކަމަށެވެ.
މަރުވެފައިވާ ފިރިހެން ފަތުރުވެރިޔާގެ ހަށިގަނޑުގެ ބޭރުން ފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތް ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.
Ads by Allied Insurance