ހުދުރަންފުށީގައި ޓޫރިސްޓަކަށް ޖިންސީ ގޯނާކުރަން އުޅުނު މައްސަލައެއް ބަލަނީ
ހުދުރަންފުށި ރިސޯޓަށް އައިސް ހުރި އަންހެން ޓޫރިސްޓަކާ ގަދަކަމުން ބަދުއަޚުލާގީ އަމަލު ހިންގަން އުޅުމުގެ މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ، އެ ރިސޯޓުގެ ޓޫރިސްޓަކާ މެދު ބަދުއަޚުލާގީ އަމަލު ހިންގަން އުޅުނު މައްސަލައެއް މިިދިޔަ ހުކުރު ދުވަހުގެ ރޭ 11 ޖަހާކަށް ހާއިރު ލިބިފައިވާ ކަމަށެވެ. އެކަމަކު. އެކަމާ ގުޅޭ އިތުރު މައުލޫމާތެއް އަދި ނުލިބެ އެވެ.
ހުދުރަންފުށިން ވެސް އެއްވެސް މައުލޫމާތެއް އަދި ހާމައެއް ނުކުރެ އެވެ. އެހެންވެ، އެއީ ކޮން ގައުމެއްގެ ޓޫރިސްޓެއް ކަމެއް އަދި ކިހާ އުމުރުގެ މީހެއް ކަމެއް ސާފެއް ނުވެ އެވެ. އެ ޓޫރިސްޓު މީހާއާ ބެހެން އުޅުނު މީހާގެ މައުލޫމާތެއް ވެސް ނޭނގެ އެވެ.
Ads by Allied Insurance