ދުނިޔެ

އެމެރިކާގައި 12 އަހަރުން މަތީގެ ކުދިންނަށް ވެކްސިން ދޭން ފަށަނީ

މުޙައްމަދު ސަނީޙް ، ދެން އޮންލައިން

އެމެރިކާގައި 12 އަހަރުން މަތީގެ ކުދިންނަށް ވެކްސިން ދިނުމަށް ނިންމައި އެކަން ވީހާ ވެސް އަވަހަށް ކުރުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ކަމާބެހޭ އިދާރާތަކަށް އަންގަވައިފިއެވެ.

Ads by Sosun Fihaara

އެމެރިކާގައި މިހާރު ، އުމުރުން 16 އަހަރުން މަތީގެ ކުދިންނަށް ވެކްސިން ދެމުން އަންނައިރު، ބައިޑަން ސަރުކާރުގެ އަމާޒަކީ އެމެރިކާގެ މިނިވަން ދުވަސް ކަމަށްވާ ޖުލައި 4 ގެ ކުރިން 18 އަހަރުން މަތީގެ އާބާދީގެ 70 ޕަސެންޓަށް ވެކްސިން ދީ ނިންމާލުމެވެ.

އެމެރިކާގައި މިހާތަނަށް 105 މިލިއަން މީހުންނަށް ކޮވިޑް-19 ވެކްސިން ދީފައިވެއެވެ. އެ ގައުމުގެ އަމާޒަކީ ޖުލައި 4 ކުރިން 160 މިލިޔަން މީހުންނަށް ވެކްސިން ދިނުމެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަނުން ދަނީ ފައިޒާގެ ކޮވިޑް ވެކްސިން އުމުރުން 12 އަހަރުގެ ކުދިންނަށް ދިނުމުގެ ހުއްދަ ދޭން ފެނޭތޯ މަޝްވަރާ ކުރަމުންނެވެ. މިހާރު ވެސް 16 އަހަރުން މަތީގެ ކުދިންނަށް މި ވެކްސިން ދެއެވެ.

އެމެރިކާގައި މިހާރު އެންމެ ބޮޑަށް ކުރިމަތިވެގެން އުޅޭ މައްސަލައަކީ ވެކްސިނަށް އިތުބާރު ނުކޮށް ވެކްސިން ޖެހުމަށް ދެކޮޅު ހަދާ މައްސަލައެވެ. މިކަމާ ގުޅިގެން ހޭލުންތެރި ކުރުމަށް އެމެރިކާގެ ސަރުކާރުން ދަނީ ކެންޕެއިންތައް ކުރަމުންނެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!