މަޑުއްވަރީގައި ވެލިނަގަން ދިޔަ މީހަކު މަރުވެއްޖެ
ރ އަތޮޅު މަޑުއްވަރީގައި ދޯންޏެއްގައި ވެލިނަގަން ދިޔަ މީހަކު ނިޔާވެއްޖެއެވެ.
އެ ހާދިސާއާއި ގުޅޭ ގޮތުން މީީޑިއާތަކަށް މައުލޫމާތު ދެމުން ފުލުހުން ބުނީ، މަޑުއްވަރީގައި ދޯންޏެއްގައި ވެލިނަގަން ދިޔަ މީހަކު މަރުވެގެން ރިޕޯޓް ކުރީ މިއަދު ހަވީރު 5:12 ހާއިރު ކަމަށެވެ.
މަރުވެފައިވަނީ 52 އަހަރުގެ ދިވެހި ފިރެހެނެއް ކަމަށްވެސް ފުލުހުން މައުލޫމާތު ދެއެވެ. އެމީހާ މަޑުއްވަރީ ހެލްތް ސެންޓަރަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާއާއި ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ. ފުލުހުން މިހާރު ދަނީ އެމައްސަލަ އިތުރަށް ތަހްގީގު ކުރަމުންނެވެ.
Ads by Allied Insurance