ޚަބަރު

ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖެ އޮތީ ހާސްވާންޖެހޭ ހާލަތެއްގައެއް ނޫން: އަމީން

ދެން އެމްވީ ، ދެން އޮންލައިން

ހަލުވިކަމާއެކު ދުނިޔޭގައި މިހާރު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖެ އޮތީ ހާސްވާންޖެހޭ ހާލަތެއްގައެއް ނޫން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ.

Ads by STELCO

ހެލްތް މިނިސްޓްރީގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖެއިން މިހާތަނަށް ކޮރޯނާ ވައިރަސް އަށް ޝައްކު ކުރެވޭ އަދި ބަލީގެ އަލާމާތެއް ހުރި އެއްވެސް ފަރާތެއް ފެނިފައި ނުވާ ކަމަށާއި ކޮރޯނާ ވައިރަސްއާ ގުޅިގެން ރާއްޖެ މިވަގުތު އޮތީ ހާސްވާންޖެހޭ ހާލަތެއްގައި ނޫން ކަމަށެވެ.

ނަމަވެސް މި ބައްޔަކީ ނުރައްކާތެރި އަދި ހަލުވިކަމާއެކު ފެތުރޭ ބައްޔަކަށް ވުމުން ސަރުކާރުން ކުރަންޖެހޭ ކަންކަން ކުރަމުންދާ ކަމަށްވެސް އަމީން ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ކޮރޯނާ ވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ހާއްސަ ފިޔަވަޅުތަކުގެ މައުލޫމާތު ފަތުރުވެރިކަމުގެ ދާއިރާގެ ކަމާ ގުޅޭ ބޭފުޅުންނާ ހިއްސާކުރައްވާފައިވާ ކަމަށެވެ. އަދި ކޮރޯނާ ވައިރަސްއާ ގުޅިގެން ހާމަކުރަންޖެހޭ މައުލޫމާތުތައް ޑަބްލިއުއެޗްއޯގެ މިންގަނޑާ އެއްގޮތަށް ހާމަކުރައްވާނެ ކަމަށެވެ. އެގޮތުން މިކަމުގައި ސަރުކާރަށް ދަތިތަކެއް ހުރި ނަމަ އެކަން ވެސް ހާމަކުރައްވާނެ ކަމުގައި ވިދާޅުވި އެވެެ.

އަދި ފަރުދީ ގޮތުން ވެސް ކުރަންޖެހޭ ކަންތައްތަކެއް ހުރިކަން ފާހަގަކުރައްވަމުން އަމީން ވަނީ މި ބަލީގެ އަލާމާތްތައް ދެނެގަތުމާއި މިފަދަ ބައްޔަކުން ރައްކާތެރިވުމަށް ފަންނީ ބޭފުޅުންގެ އެހީގައި މައުލޫމާތު ހޯދުން މުހިއްމު ކަމަށްވެސް ވިދާޅުވެފައެވެ.

މީގެ އިތުރުން ކޮރޯނާ ވައިރަސްއާ ގުޅިގެން އާންމުންގެ ތެރޭގައި ދެކެވޭ ބައެއް ވާހަކަތަކާއި ގުޅިގެން އަމީން ވިދާޅުވީ މި ބައްޔަށް ސްކްރީން ކުރުން ހަރުދަނާވާ ވަރަކަށް މީހުންނަށް ސުވާލުކުރުން އިތުރުވާނެ ކަމަށާއި ނަމަވެސް އެގޮތަށް ސުވާލުކުރަނީ ބައްޔަށް ތުހުމަތު ކުރެވިގެން ނޫން ކަމަށެވެ.

"އެއާޕޯޓުގައި ބެހެއްޓިފައި ހުރި ކެމެރާ އިން ދެނެގަންނަނީ މީހާގެ ބޮޑީ ޓެމްޕަރޭޗާ. ބޮޑީ ޓެމްޕަރޭޗާ އަށް ބަލާފައި ފުރަތަމަ އިންވެސްޓިގޭޝަނުގެ ތެރެއިން އައިޑެންޓިފައި ކުރާނީ މި ބައްޔަށް ތުހުމަތު ކުރެވިގެން މީހާއާ ކުރަންޖެހޭ ސުވާލުތަކާއި ޓެސްޓުތައް ކުރަންޖެހޭތޯ" އަމީން ވިދާޅުވިއެވެ.

ޗައިނާގެ ވޫހާން ސިޓީގައި ފެތުރެން ފެށި މި ވައިރަހުގެ އަސަރު މިހާތަނަށް ޗައިނާގެ 1600 އަށްވުރެ ގިނަ މީހުންނަށް ކޮށްފައިވާއިރު 56 މީހަކު މިހާތަނަށް ވަނީ މަރުވެފައެވެ. ޗައިނާގެ އިތުރުން އެހެން ބައެއް ގައުމުތަކުން ވެސް މި ވައިރަހުގެ އަސަރު ހުރި ފަރާތްތަށް ވަނީ ފެންނަން ފަށާފައެވެ.

Ads by PNC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!